logo

ކޮންޓެންޓު ކްރިއޭޓަރުންނަށް ހާއްސަ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

29 ސެޕްޓެމްބަރު 2025 - 06:01
ކޮންޓެންޓު ކްރިއޭޓަރުންނަށް ހާއްސަ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

SHARE

ކޮންޓެންޓު ކްރިއޭޓަރުންނަށް ހާއްސަ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ ކޯޕަރޭޝަނުން ބުނީ މި ލުއި ލޯނު ސްކީމްގެ ދަށުން ރަހުނަކާއެކު 500،000(ފައްސަތޭކަ ހާސް) ރުފިޔާ އަދި ރަހުނަކާއި ނުލައި 150،000 (ސަތޭކަ ފަންސާސް ހާސް) ރުފިޔާގެ ލޯނު ދޫކުރާނެ ކަމަށެވެ. އަދި މިއީ %9.5ގެ ޕްރޮފިޓް ރޭޓެއްގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއެޑަކާއެކު ދޫކުރާ ލޯނެއް ކަމަށާއި, ލޯނު ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭން ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވެސް ވަނީ މީގެ 2 ހަފްތާ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ހާއްސަ ސްކީމެއް ތައާރަފް ކުރަން ނިންމައިފައިވާ ކަން ހާމަކުރައްވާފައެވެ.

ރާއްޖޭގެ ކޮންޓެންޓު ކްރިއޭޓަރުންނަށް ފުރުސަތުތައް ފަހިކޮށްދީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ %15 ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީއަށް ހެދުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/