logo

ބިދޭސީންނަށް އިހުމާލުވާ ފަރާތްތަކުގެ ނަން އާންމު ކޮށް, ޖޫރިމަނާ ކުރަނީ

މަރްޔަމް މާޙީ

މަރްޔަމް މާޙީ

10 ސެޕްޓެމްބަރު 2025 - 05:29
ބިދޭސީންނަށް އިހުމާލުވާ ފަރާތްތަކުގެ ނަން އާންމު ކޮށް, ޖޫރިމަނާ ކުރަނީ

SHARE

ބިދޭސީންނަށް އިހުމާލުވާ ފަރާތްތަކުގެ ނަން އާންމު ކޮށް, ޖޫރިމަނާ ކުރަން ނިންމައިފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިއަންނަ ހޯމަ ދުވަހުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބިދޭސީންނަށް އިހުމާލުވާ ފަރާތްތައް ޖޫރިމަނާ ކުރެވިގެންދާނެ ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ ދެއްކުމުގެ ކުރިން އެ ޕޯޓަލްގެ އެއްވެސް ހިދުމަތަކަށް އެކްސެސް ނުވެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނީ އިހުމާލުވާ ކޮންމެ ބިދޭސީ މުވައްޒަފަކަށް 50,000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ތަކުރާރުކޮށް އިހުމާލުވާނަމަ ވަކި މުއްދަކަށް އެ ހިދުމަތް މެދުކަނޑާލެވޭނެ ކަމަށެވެ. އަދި އިހުމާލުގެ ބާވަތަށް ބަލައި 100،000ރ. އަށްވުރެ ބޮޑު އަދަދަކުން ވެސް ޖޫރިމަނާކުރެވިދާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކޮށް ބިދޭސީންނާމެދުވާ އިހުމާލު ހުއްޓުވުމަށް ޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވަޒީފާއާބެހޭ ގާނޫނަށް އެންމެ ފަހުން އިސްލާހު ގެނެސްފައިވަނީ މިިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/