logo

ފުލުހުންގެ ހިންގުން ހަރުދަނާކުރަން ކޮންފަރެންސެއް ފަށައިފި

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

2 ޑިސެމްބަރު 2025 - 10:55
ފުލުހުންގެ ހިންގުން ހަރުދަނާކުރަން ކޮންފަރެންސެއް ފަށައިފި

ލޯކަލް ޕޮލިސިންގ ކޮންފަރެންސްގެ ތެރެއިން-- ފޮޓޯ: ފުލުހުން

SHARE

ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް "ލޯކަލް ޕޮލިސިންގ ކޮންފަރެންސް" ގެ ނަމުގައި ކޮންފަރެންސެއް ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ޕެރެޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ. ފުލުހުން ބުނީ މި ރަސްމިއްޔާތުގައި ފުލުހުންގެ ހިދުމަތުގެ ބަހާތަކުގެ އިސްވެރިންނާއި އިސްމުވައްޒަފުން ބައިވެރިވެފައި ވާކަމަށެވެ. އެގޮތުން ފުލުސް ކޮމިޝަނަރު އިސްމާޢިލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެިރިވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ލޯކަލް ޕޮލިސިން ކޮންފަރެންސަކީ ދެ ދުވަހުގެ މުއްދަތަކަށް މި އަންގާރަ ދުވަހުން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮންފަރެންސެއް ކަމަށެވެ. މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުން ކަމަށް ވެސް ފުލުހުން ބުނެއެވެ.އަދި ކުރަންޖެހޭ މަސައްކަތްތައް ދެނެ ގަނެ އެކަމަށް ބޭނުންވާ ޕްލޭންތައް ތައްޔާރު ކުރުން ކަމަށް ބުނެއެވެ.

މި ކޮންފަރެންސްގައި 170 ބައިވެރިން ބައިވެރިވެފައިވެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/