logo

މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިގެން ކޮންޓެކްޓް ޓްރޭސިން ހަދަނީ

ސައިފުﷲ އަލީ

7 ޖޫން 2025 - 15:26
މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިގެން ކޮންޓެކްޓް ޓްރޭސިން ހަދަނީ

SHARE

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް މާލެއިން ފެނުމުން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދަން ފަށައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ މެނިންގޮކޯކަލް ޖެހުނު މީހާ ދެނެގަނެވުމުން، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސީރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލި ފެނިފައިވާ މަދު ކޭސްތަކަކީ އާންމު ގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މެނިންގޯކޯކަލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުމާއި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން އެކަށީގެންވެއެވެ.

މެނިންގޮކޯކަލް ލޭގެ އިންފެކްޝަން ޖެހުމުން, ބެކްޓީރިއާ ލޭގައި ދައުރުވެ, ލޭހޮޅިތަކަށް ގެއްލުންދެއެވެ. އޭގެ ސަބަބުން ގުނަވަންތަކުން ލޭ އަންނަން ފަށައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެ ބައްޔަށް ފަރުވާ ދިން ނަމަވެސް 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ކޭސްތަކުގައި ބޮޑުވަރުވެއެވެ. އަދި 20 ޕަސެންޓު ކޭސްތަކުގައި އުމުރު ދުވަހަށް ތަހައްމަލު ކުރަންޖެހޭ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައި ސިކުނޑިއަށް ގެއްލުންވުން، އަތް ނުވަތަ ފައި ބުރިކުރަން ޖެހުން، ނުވަތަ އަޑުއިވުމުން މަހުރޫމްވުން ހިމެނެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/