logo

ސްނޯކްލިންއަށް ދިޔަ ރިސޯޓެއްގެ މުވައްޒަފަކު ގެއްލިގެން ހޯދަނީ

މަރްޔަމް މަޢާޝާ އިލްޔާސް

މަރްޔަމް މަޢާޝާ އިލްޔާސް

28 ޖެނުއަރީ 2025 - 14:42
ސްނޯކްލިންއަށް ދިޔަ ރިސޯޓެއްގެ މުވައްޒަފަކު ގެއްލިގެން ހޯދަނީ 

ސްނޯކްލިންއަށް ގޮސް އުޅުނު މީހަކު -- ފައިލް ފޮޓޯ

SHARE

ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ރ. އަތޮޅު ރިސޯޓެއްގެ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ 3:35 ހާއިރު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އެ މީހާ ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެއީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަފްތާބު ޚާން އެވެ. އޭނާ މަސައްކަތް ކުރަނީ ރ. އަތޮޅުގެ ރިސޯޓެއްގައެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ކުރަމުންނެވެ.

ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މީގެކުރިން ބައެއް ފަތުރުވެރިންނަށް ހިތާމަވެރި ހާދިސާތަކާ ކުރިމަތިލާންޖެހިފައިވެއެވެ. އެގޮތުން ބައެއް ފަތުރުވެރިން ގެނބިގެން މަރުވެފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މިފަދަ ކަންކަން މަދުކުރުމަށްޓަކައި ފަތުރުވެރިން މޫދަށް އެރުމުގެ ކުރިން މޫދަށްއެރި އުޅުމުގައި އަމަލުކުރަންޖެހޭ ފުރިހަމަ އިރުޝާދުތައް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/