logo

ލޯންޗެއް އަޑިއަށް ގޮސް ކަނޑުވި 48 މީހުން ސަލާމަތްކޮށްފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

2 މާރިޗު 2025 - 07:32
ލޯންޗެއް އަޑިއަށް ގޮސް ކަނޑުވި 48 މީހުން ސަލާމަތްކޮށްފި

SHARE

މިއަދު ހެނދުނު ދިގުރަށުން މާލެއަށް ދަތުރު ކުރި ލޯންޗެއް ދިޔަވެ، އޭގެން ދަތުރުކުރި 48 މީހުން ކަނޑުވެ އޮޔާ ދަނިކޮށް ފުލުހުން އެމީހުން ސަލާމަތްކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ފުލުހުން ބުނީ ލޯންޗު އަޑިއަށް ދިޔަކަމުގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 7:57 ގައި ކަމަށެވެ. އެ ލޯންޗުން ދަތުރުކުރީ 45 ޕަސެންޖަރުންގެ އިތުރުން 3 ކްރޫ މެންބަރުންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ ހުރިހާ އެންމެން ވެސް ހާލު ރަނގަޅު ކަމަށާއި، ރައްކާތެރިކަމާއެކު އަނބުރާ ދިގުރަށަށް އެންމެން ވެސް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން މި ހާދިސާ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/