logo

މޭމަހު މަސައްކަތް ފަށައި، އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ދޮޅު އަހަރުން ނިންމަނީ

މުހައްމަދު ޒަމާއު

29 ޖެނުއަރީ 2025 - 15:00
މޭމަހު މަސައްކަތް ފަށައި، އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ދޮޅު އަހަރުން ނިންމަނީ

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅަނީ --- ފޮޓޯ: ރައީސް އޮފީސް

SHARE

ހއ. އިހަވަންދޫގައި އަޅާ ފިޝަރީޒް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް އަންނަ މޭ މަހު ފަށާއި ދޮޅު އަހަރު ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ މިއަދު އަޅާފައި ވަނީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސަބާހެވެ.

އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ބިންގާ އެޅި ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫއަކީ ސިނާއަތުގެ ކުރިމަގަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި، މިއަހަރުގެ މޭމަހު އަމަލީ މަސައްކަތްފަށައި، 18 މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ފިޝަރީޒް ކޮމްޕްލެކްސްގެ ހުޅުވުމުން އިހަވަންދޫގައި 150 ވަޒީފާ އުފެދި، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިމަޝްރޫއުގެ ދަށުން، 1000 ޓަނުގެ ކޯލްޑްސްޓޯރޭޖް ކެޕޭސިޓީ، އަދި 50 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ ގާއިމްކުރާނެއެވެ. އަދި، މަސްކިރުން ފަސޭހަކުރުމަށްޓަކައި ތިން ޕޮއިންޓަކުން މަސްކިރޭގޮތަށް ޖެޓީއަކާއި ބަނދަރެއްވެސް މި ކޮމްޕްލެކްސްގައި ގާއިމްކުރާނެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ޖުމްލަ، 474 މިލިއަން ރުފިޔާ ޚަރަދުވާ މިމަޝްރޫއަކީ ދިވެހިންގެ ފުދުންތެރިކަމަށާއި ތަރައްގީއަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫއެއް

މިއަދު ވަނީ އިހަވަންދޫގައި އައިޑީކާޑް ހަދައިދިނުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ޚިދުމަތް ތައާރަފްކޮށްފައެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން އިހަވަންދޫގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީ ގޮތުން ރަށު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން، އިހަވަންދޫގައި ޒަމާނީ ފެންވަރަށް ގާއިމްކުރާ ހޮސްޕިޓަލާއި، ދަނޑުގެ މަސައްކަތާއި، އިހަވަންދޫ ހުރަވީ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.

އިހަވަންދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު ވަނީ އަޅާފައެވެ. އަދި އެރަށުގައި އިމާރާތްކުރާ އާ ކައުންސިލް އިދާރާގެ ބިންގާ ވެސް މިއަދު ވަނީ އަޅާފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/