logo

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް: ރައީސް އިލްތިމާސްކުރެއްވީ ދުންފަތާ ދުރުވާން

މަރްޔަމް މަޢާޝާ އިލްޔާސް

މަރްޔަމް މަޢާޝާ އިލްޔާސް

4 ފެބްރުއަރީ 2025 - 04:45
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް: ރައީސް އިލްތިމާސްކުރެއްވީ ދުންފަތާ ދުރުވާން

ރައީސް ޑރ މުހައްމަދު މުއިއްޒު--

SHARE

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި، ދުންފަތާ ދުރުވާާން ރައީސް ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ކެންސަރުދުވަހާ ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކެންސަރު ޖެހުމަށް މަގުފަހިވާ އެންމެބޮޑު އެއް ސަބަބކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކަމަށެވެ. އެ މަނިކްފާނު ވަނީ ކެންސަރުގެ ދުވަހާ ގުޅިގެން ދުންފަތުގެ އިލްތިމާސްކުރުމުން ދުރުވުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލާފައިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިވަގުތުވެސް ކެންސަރު ޖެހިފައިވާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިހާތަނަށް 1،400 އަށް ވުރެ ގިނަ ބަޔަކު މި ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ.

ކެންސަރަކީ ދުންފަތުގެ ސަބަބުން ފަސޭހައިން ޖެހޭ ބައްޔެއްކަމުން ސަރުކާރުންވަނީ ދުންފަތާ ބެހޭ ގާނޫނަށް އިސްލާހު ގެނެއްސައެވެ. އަދި ރާއްޖގައި ވޭޕް ބޭނުންކުރުންވަނީ މަނާކޮށްފައިވާއިރު ސަރުކާރުން ވަނީ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ވެސް 50 އިންސައްތަ ބޮޑުކޮށްފަ އެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/