logo

ރިސޯޓު މުވައްޒަފުންނަށް ތުނބުޅި ނުބެހެއްޓޭތީ އެމްޑީޕީގެ ގަރާރެއް ހުށައަޅައިފި

މަރްޔަމް މަޢާޝާ އިލްޔާސް

މަރްޔަމް މަޢާޝާ އިލްޔާސް

10 ފެބްރުއަރީ 2025 - 09:12
ރިސޯޓު މުވައްޒަފުންނަށް ތުނބުޅި ނުބެހެއްޓޭތީ އެމްޑީޕީގެ ގަރާރެއް ހުށައަޅައިފި

SHARE

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި އާއި މަތިމަސް ނުބެހެއްޓޭތީ، އެކަން ހައްލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ.

ތުނބުޅި، މަތިމަސް ނުބެހެއްއްޓުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ބޭނުންވާ ރައްޔިތުންގެ ތެރެއިން ބުރުގާ އަޅައިގެން ނުވަތަ ތުނބުޅި މަތިމަސް ބަހައްޓައިގެން ތިބޭ ފަރާތްތަކުގެ މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމެއް ކަމަށް މައުރޫފް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެއެވެ.

މި ހުރަސްތައް ނައްތާލާ ޓޫރިޒަމް ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަމަލު ކުރާނެ ގްރޫމިން ސްޓޭންޑަޑަކާއި ޑްރެސްކޯޑެއް އެކުލަވާލުމަށް އެ ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

ޓޫރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން 11،000 އަށް މީހުން ބައިވެރިކޮށްގެން ހެދި ސާވޭއެއްގައި 93 ޕަސެންޓު މުވައްޒަފުން އެކަށީގެންވާ މިންވަރަކަށް ތުނބުޅި ބަހައްޓަން ބޭނުންވާ ކަން އެނގުނުކަމަށް މައުރޫފް ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/