logo

އެހީ ޖަމިއްޔާއިން މުއްދު ނަގަން ފަށައިފި

ޢާލިމް އަބްދުއްލަތީފް

ޢާލިމް އަބްދުއްލަތީފް

19 ފެބްރުއަރީ 2025 - 14:38
އެހީ ޖަމިއްޔާއިން މުއްދު ނަގަން ފަށައިފި

SHARE

ގެއްލިފައިވާ ރޯދައިގެ ބަދަލުގައި މުއްދުގެ ގޮތުގައި ފަގީރަކަށް ނުވަތަ މިސްކީނަކަށް ކާންދިނުމުގެ ޕްރޮގްރާމް އެހީ ޖަމިއްޔާއިން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެހީ ޖަމިއްޔާއިން ބުނީ ގެއްލިފައިވާ ކޮންމެ ރޯދައަކަށް މިސްކީނެއްގެ ކެއުން ހަމަޖައްސައިދިނުމަށް އެ ޖަމިއްޔާއިން ނަގާ ރޭޓަކީ ރޯދައަކަށް 75 ރުފިޔާ ކަމަށެވެ.

ފައިސާ ޖަމާކުރަންވީ އެކައުންޓް ނަންބަރު: 7770000014821

އެކައުންޓްގެ ނަން: އެހީ ޖަމިއްޔާ

ފައިސާ ޖަމާކުރުމަށްފަހު 7803433 އަށް ރޯދައިގެ އަދަދު ޖެހުމަށް ފަހު ވައިބާ ކުރަންޖެހޭނެއެވެ.

/

މިދިޔަ އަހަރު ވެސް އެހީ ޖަމިއްޔާއިން ވަނީ މި ހަރަކާތް ކުރިއަށްގެންގޮސްފައެވެ.

undefined

މިފަދަ އިތުރު ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ލިބިގެންދާ ފައިސާގެ 12.5 ޕަސެންޓް ހަރަކާތް ރާވާ ހިންގުމަށް ނަގާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

/

އެހީ ޖަމިއްޔާއަކީ ރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯދައިފައިވާ ޖަމިއްޔާއެކެވެ. އަދި އެހީތެރިކަމަށް ބޭނުންވާ އެތައް ބަޔަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ނަމޫނާ ޖަމިއްޔާއެކެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/