logo

ނަލަ ޓެކްސީ ތްރީ އޮން ތްރީ ވަންޑޭކަޕްގެ ޗެމްޕިއަންކަން ޓީމް ބުޅާއަށް

މަރްޔަމް މަޢާޝާ އިލްޔާސް

މަރްޔަމް މަޢާޝާ އިލްޔާސް

22 ފެބްރުއަރީ 2025 - 10:11
ނަލަ ޓެކްސީ ތްރީ އޮން ތްރީ ވަންޑޭކަޕްގެ ޗެމްޕިއަންކަން ޓީމް ބުޅާއަށް

މުބާރާތުގެ ޗެމްޕިއަން ޓީމް، ޓީމް ބުޅާ--

SHARE

ނަލަ ޓެކްސީ ތްރީ އޮން ތްރީ ފުޓްސަލް ވަންޑޭކަޕްގެ ޗެމްޕިއަންކަން ޓީމް ބުޅާ ހޯދައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ނަލަ ޓެކްސީގެ ޑްރައިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމަށް ބޭއްވި މި މުބާރާތް އިއްޔެ ކުރިއަށް ދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުުޓްސަލް ދަނޑުގައެވެ.

ފޯރިގަދަ ގްރޫޕްސްޓޭޖުގެ މެޗުތަކަކަށް ފަހު، މި މުބާރާތުގެ ގްރޫޕް އޭގެ ސެމީގައި ބައްދަލުކުރީ ވަކަތޯލި އަދި ވަޅިއެވެ. މި މެޗުގައި ވަކަތޯލި މެޗުކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ވަނީ ޖާގައެއް ހޯދާފައިއެވެ.

ގްރޫޕް ބީގެ ސެމީ އިން މޮޅެއް ހޯދާ ފައިނަލުން ޖާގަ ކަށަވަރު ކުރީ ޓީމް ބުޅައެވެ. ފައިނަލް މެޗުގެ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައިއެއްނުވެއެވެ. ބުޅާ ޓީމުން މެޗު ކާމިޔާބުކުރީ ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

އާންމުންގެ އިތުބާރު ހޯދާފައިވާ ޓެކްސީ އެޕެއް ކަމަށްވާ ނަލަ ޓެކްސީން މިދިޔަ ޖަނަވަރީ މަހުގެ 25 ގައި ކަސްޓަމަރުންނާއި ޑްރައިވަރުންނަށް ހާއްސަކޮށްގެން ތައްޔާރުކުރެވިފައިވާ އާ ދެ އެޕްލިކޭޝަނެއް ވަނީ ލޯންޗުކޮށްފައެވެ. މި އެޕް ތައާރަފުކުރުމާއެކު ނަލަ ޓެކްސީން ދަނީ ކަސްޓަމަރުންނާއި ޑްރައިވަރުންނަށް އަމާޒުކޮށްގެން އެކި ޕްރޮމޯޝަންތަކާއި ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d