logo

ތެލުގެ އަގު އުފުލުނަސް ޓެކްސީ ދަތުރުތަކުގެ އަގު ބޮޑެއް ނުކުރަން: ނަލަ ޓެކްސީ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

19 މާރިޗު 2026 - 17:20
ތެލުގެ އަގު އުފުލުނަސް ޓެކްސީ ދަތުރުތަކުގެ އަގު ބޮޑެއް ނުކުރަން: ނަލަ ޓެކްސީ

ނަލަ ޓެކްސީ --

SHARE

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ވެސް ތެލުގެ އަގަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ޓެކްސީ ދަތުރުތަކުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ނަލަ ޓެކްސީ ސެންޓަރުން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ނަލަ ޓެކްސީން މިހެނަ ބުނީ ތެލުގެ އަގު އުފުލެމުންދާތީ ޓެކްސީތަކުން ބޮޑު އަގު ނަގަމުންދާ ކަމަށް ބުނެ ބައެއް މީޑިއާތަކާއި މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި އެ ސެންޓަރުން ބުނީ ތެލުގެ އަގަށް ބަދަލު އައި ނަމަވެސް، އެ ސެންޓަރުގެ ޓެކްސީތަކުން ކުރާ ދަތުރުތަކުގެ އަގަށް އެއްވެސް ބަދަލެއް ގެނައުމަށް ނިންމާފައި ނުވާ ކަމަށެވެ.

މީގެ އިތުރުން، ޓެކްސީގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުން މަގުމަތިން ޓެކްސީ ނެގުމުގެ ބަދަލުގައި، އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ ސެންޓަރަށް ގުޅައިގެން ދަތުރުތައް ބުކް ކުރުމަށް ނަލަ ޓެކްސީން ވަނީ އިލްތިމާސްކޮށްފައެވެ.

މިއީ ކަނޑައެޅިފައިވާ ރަސްމީ އަގުތަކުގައި ހިދުމަތް ލިބޭކަން ކަށަވަރު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ސެންޓަރުން ފާހަގަކުރެއެވެ.

ފަހަކަށް އައިސް ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ބައެއް އަމިއްލަ ޓެކްސީތަކުން އިތުރު ފައިސާ ނަގާ ކަމުގެ ޝަކުވާތައް އާންމުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.

އެހެން ނަމަވެސް، ރަސްމީ ޓެކްސީ ސެންޓަރުތަކުން އަންނަނީ ކަނޑައެޅިފައިވާ އަގުތަކަށް އަމަލުކުރުމަށް ބާރުއަޅަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d