logo

ވަޒީރު ދެއްވީ ޓެކްސީ ނަފާގެ ކާރުތަކުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

25 އޭޕްރީލު 2026 - 06:22
ވަޒީރު ދެއްވީ ޓެކްސީ ނަފާގެ ކާރުތަކުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން

SHARE

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' މެދުވެރިކޮށް އާންމު ރައްޔިތަކު ސިޓީއެއް މެދުވެރިކޮށް ހުށަހެޅި ކަންބޮޑުވުންތަކަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވަގުތުން އިޖާބަދެއްވައި، އެ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހއ. ދިއްދޫގެ ރައްޔިތަކު "އެކްސް"ގައި އާންމުކުރި އެ ސިޓީގައި ފާހަގަކޮށްފައިވަނީ، ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓްރީ ނުކުރެވި ލަސްވަމުންދާ ކަމަށެވެ.

އަދި ކާރުތައް ރަޖިސްޓްރީ ނުވެ، ވިޔަފާރި ނުފެށި އުޅެނިކޮށް ލޯނު އަނބުރާ ދެއްކުމަށް ބޭންކުން ތަކުރާރުކޮށް ބާރުފޯރުވަމުންދާތީ، ލޯނު ނަގާފައިވާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

View post on Twitter

މި ސިޓީއަށް ރައްދު ދެއްވައި އެކްސްގައި ޕޯސްޓުކުރެއްވި ސިޓީއެއްގައި ވަޒީރު ސައީދު ވިދާޅުވީ، ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކާއި ހައްލުތައް ހޯދައިދިނުމަކީ އެމަނިކުފާނުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކޭ ކަމަށެވެ.

އަދި މި މައްސަލަތައް ބަލައިދިނުމަށް އެދި ޓްރާންސްޕޯޓް ދާއިރާގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ތިއްބެވި އިސް ބޭފުޅުންނަށް މިހާރު އަންގަވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

View post on Twitter

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުން ކަމަށެވެ.

"ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް،" ވަޒީރު ފާހަގަކުރެއްވިއެވެ.

ޓެކްސީ ނަފާ ލޯނު ސްކީމަކީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ފުޅާކުރުމަށް ތައާރަފްކުރި ސްކީމެކެވެ. ނަމަވެސް އިދާރީ މައްސަލަތަކާ ހުރެ ރަޖިސްޓްރޭޝަން ލަސްވުމަކީ ލޯނު ނެގި ފަރާތްތަކަށް އާމްދަނީ ހޯދުމަށް އޮތް ހުރަހަކަށް ވެފައިވާތީ، ސަރުކާރުން މިހާރު ވަނީ މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d