logo

އަންނަ ހަފްތާއިން ފެށިގެން މާލެ ޓެކްސީ އެޕް ޑައުންލޯޑު ކުރެވޭނެ

އަންނަ ހަފްތާއިން ފެށިގެން މާލެ ޓެކްސީ އެޕް ޑައުންލޯޑު ކުރެވޭނެ

މާލެ ޓެކްސީ ލައިނުގެ ކާރުތައް -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް ނާހިދު

SHARE

އަންނަ ހަފްތާއިން ފެށިގެން ސަރުުކާރުގެ ޓެކްސީ ލައިން, މާލެ ޓެކްސީގެ އެޕްލިކޭޝަން ޑައުންލޯޑު ކޮށްގެން ބޭނުން ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ, ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުން އެޕްރޫވްކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހު 2 ގައި ފެށި މި ޓެކްސީ ހިދުމަތް މިހާރު ދެމުން އަންނަނީ ވެބް އެޕްލިކޭޝަނެއްގެ އިތުރުން ނަންބަރަށް ގުޅައިގެންނެވެ.

ސައީދު ވިދާޅުވީ އެއާއެކު މި ހަފްތާ ނުވަތަ އަންނަ ހަފްތާގައި އެޕްލީިކޭޝަން ޑައުންލޯޑުކޮށްގެން ބޭނުން ކުރެވޭ ވަރު ވާނެ ކަމަށެވެ. މިއީ އެންމެ މައްސަލަ ކުޑަކޮށް ހިދުމަތް ދެވޭނެ ގޮތް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިދުމަތް ފެށި ފަހުން މި ހިދުމަތަށް ބޮޑު ޑިމާންޑެއް ލިބެމުން ދާ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d