logo

ބޭންކުން ވިޔަފާރިތަކަށް ދޫކުރާ ޓީޓީއާއި ބޭރު ފައިސާގެ މިންވަރު އިތުރުކުރެވިއްޖެ: ސައީދު

ބޭންކުން ވިޔަފާރިތަކަށް ދޫކުރާ ޓީޓީއާއި ބޭރު ފައިސާގެ މިންވަރު އިތުރުކުރެވިއްޖެ: ސައީދު

SHARE

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރާ ޓީޓީއާއި ބޭރު ފައިސާގެ މުއާމަލާތްތައް ވަރަށް ބޮޑުތަކުން އިތުރުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ކުދި އަދި މެދު ފެންތީގެ ވިޔަފާރިތައް ހިމެނޭހެން އެމެރިކާ ޑޮލަރު ލިބުން ފަސޭހަ ވުމަކީ އިގްތިސޯދީ ކުރިއެރުމަށް ލިބުނު ބޮޑު ބާރެއް ކަމަށެވެ.

ސައީދު ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ވިޔަފާރީގެ ހަރަކާތްތަކާއި އިމްޕޯޓަށް އޮތް ޑިމާންޑް އިތުރުވަމުންދާ ކަމުގެ ނިޝާނެއް ކަމަށެވެ.

މިގޮތުން މިދިޔަ އަހަރު ޓީޓީ މެދުވެރިކޮށް ވިޔަފާރިތަކަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކާފައިވާއިރު މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް 136 މިލިއަން ޑޮލަރު ވަނީ ޓީޓީގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތައް ވެސް ގިނަ ވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d