ބައެއް ނޫސްވެރިން އަމަލުކުރަނީ ސިޔާސީ ހަރަކާތްތައް ހިންގާ އުސޫލުން: ސައީދު

އަޙްމަދު ސަދޫފް މޫސާ

SHARE
ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން އަބަދުވެސް ޖާގަދޭނެ ކަމަށާއި، ނަމަވެސް ބައެއް ނޫސްތަކުން އެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫސްވެރިއަކު ކޯޓު އަމުރަކާ ހިލާފަށް ސުވާލުކުރި ކަމަށް ބުނެ، އެ ނޫސްވެރިޔާ ބައްދަލުވުމުން ނެރުނު ހާދިސާއަށް އިޝާރާތް ކުރައްވައި ވަޒީރު ސައީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ސައީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް އަސާސް ކަމަށް މި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.
ނަމަވެސް، ލިބިފައިވާ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި، އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގާ އުސޫލުން ބައެއް ނޫސްވެރިން ރައީސް އޮފީސް ތެރޭގައި ހަޅުތާލުކުރާ މޭރުމުން އަމަލުކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ނޫސް ކޮންފަރެންސްތަކަކީ ޒާތީގޮތުން ދިމާކުރުމާ، ދޮގު ވާހަކަ ހަދަހަދައިގެން އިއްވުމާ، ޤާނޫނުތައް މުގުރުމާ، ކޯޓުގެ ޙުރުމަތް ކެނޑުމަށް އޮތް ފުރުޞަތެއް ނޫން،" ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް މައުލޫމާތު ނުދޭ މިންވަރަށް ރައީސް މުއިއްޒު އެ ފުރުސަތު ދެއްވަމުން ގެންދަވާ ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ކޮންމެ ހަފްތާއަކު އެއްފަހަރު، އެއްވެސް މޮޑަރޭޝަނެއް ނެތި ރައީސް ސީދާ ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވަނީ ސަރުކާރުގެ ސިޔާސަތުތައް ޒިންމާދާރުކަމާއެކު ހާމަކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ނޫސްވެރިންނަށް ލިބިފައިވާ މި އަގުހުރި ފުރުސަތުގެ ބޭނުން ހިފަންވާނީ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ކަމަށް ވިދާޅުވަމުންނެވެ. އަދި ހުރިހާ ނޫސްވެރިންވެސް ޝަރުއީ

.jpg&w=3840&q=75)
