logo

އަދަދުގެ ދެ ނޫސްވެރިން ޖަލަށް؛ ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް

އަދަދުގެ ދެ ނޫސްވެރިން ޖަލަށް؛ ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް

SHARE

ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި މައްސަލައިގައި ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ އެ ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރު އާއި މުހައްމަދު ޝަހްޒާން އެވެ.

ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ، އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަމުންދަނިކޮށް، އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް އެ އަމުރާ ހިލާފުވުމުން ކަމަށް ނިންމައެވެ.

އެގޮތުން ކޯޓުން އެފަދަ އަމުރެއް ކުރި ވާހަކަ ޑޮކިއުމެންޓްރީގެ މައުލޫމާތު ހިމެނޭހެން ލިޔުމާ ގުޅިގެން ލީވާން 10 ދުވަހަށް ޖަލަށްލުމުގެ އިތުރުން 26,000 ރުފިޔާއިން ޖުރިމަނާކުރުމަށް ވެސް ކޯޓުން ވަނީ ނިންމާފައެވެ.

އަދި މުހައްމަދު ޝަހްޒާން 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ، ކޯޓުގެ އަމުރު ދެމިއޮއްވާ އިއްޔެ ބޭއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑޮކިއުމެންޓްރީގެ ކަމަކާ ގުޅޭގޮތުން ރައީސާ ސުވާލުކުރުމުން ކޯޓުން ކަނޑައެޅީ މިއީ ކޯޓުގެ އަމުރަށް ގޮންޖަހައި ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށެވެ.

މިއީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި މިފަދަ މައްސަލައެއްގައި ނޫސްވެރިންތަކަކަށް ޖަލު ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d