logo

ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފުވި ކަމަށް އަންގައި ނޫސްވެރިންގެ ބައްދަލުވުމުން ނެރެފި

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

11 މޭ 2026 - 05:56
ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފުވި ކަމަށް އަންގައި ނޫސްވެރިންގެ ބައްދަލުވުމުން ނެރެފި

Processed with VSCO with a6 preset

SHARE

އޮންލައިން ނޫހަކުން ރައީސްގެ މައްޗަށް ގަޒްފުކޮށް ނެރެފައިވާ ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށާއި އޭތި ދައުރު ނުކުރުމަށް އަންގާ ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާ ހިލާފުވި ކަމަށް އަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމަށް ދިޔަ ނޫސްވެރިއަކު މާލަމުން ނެރެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ އެ މައްސަލަ ކޯޓުގައި ހިނގަމުން އަންނާތީ އެ ކަމާ ގުޅޭ ވާހަކަ އެއްވެސް ރައްޔިތަކު ނުދެއްކުމަށް އަންގައިފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އަދަދު ނޫހުގެ ޝަހުޒާން ނޫސްވެރިޔާ ވަނީ ޑޮކިއުމެންޓްރީގެ ނަން ނުގެނެސް, ރައީސް އޮފީހުގައި މަސައްކަތް ކުރި މުވައްޒަފަކާ ރައީސް ނުވަގުތުތަކުގައި ގުޅާފައިވާ ކަމަށް ތުހުމަތުކޮށް އެކަމާ ސުވާލުކުރައްވައިފައެވެ.

އެކަމާ ގުޅިގެން ރައީސް ވަނީ އެ ތުހުމަތު ދޮގުކޮށް, އެއީ ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފު ވާހަކައަކަށް ވާތީ އެ ވާހަކަ ރައީސް އޮފީހުގެ މާލަމުގައި އެ ގޮތަށް ނުދެއްކޭނެ ކަމަށް ވިދާޅުވެ, ބައްދަލުވުން ދޫކޮށް ދިއުމަށް އެދިވަޑައިގެންފައެވެ. ނޫސްވެރިޔާ ތަޅުމުން ނެރެފައިވަނީ އެމްއެންޑީއެފްގެ އޮފިސަރުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d