logo

އެސްޓީއޯގެ ތެލުގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް: ފުރަތަމަ ކުއާޓާގައި 18 މިލިއަން ލީޓަރު އިތުރަށް ވިއްކައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

23 އޭޕްރީލު 2026 - 07:40
އެސްޓީއޯގެ ތެލުގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް: ފުރަތަމަ ކުއާޓާގައި 18 މިލިއަން ލީޓަރު އިތުރަށް ވިއްކައިފި

SHARE

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ތެޔޮ ވިއްކި މިންވަރު ބޮޑުތަނުން އިތުރުވެ، ކުންފުނީގެ އާމްދަނީ އާއި ފައިދާއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ ކުންފުނިން އިއްޔެ އާންމުކުރި މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަހު 18 މިލިއަން ލީޓަރު (113,216.6 ފީފާ) އިތުރަށް ވަނީ ވިއްކާފަ އެވެ.

އެސްޓީއޯގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ބަންކަރިން ހިމެނޭ ގޮތަށް ތެޔޮ ވިއްކި މިންވަރު އިތުރުވުމެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު މި ކުއާޓާގައި ތެޔޮ ވިއްކި މިންވަރު ވަނީ 27 ޕަސެންޓް އިތުރުވެފަ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ ކުއާޓާއާ އަޅާބަލާއިރު 33 އިންސައްތައިގެ އިތުރުވުމެކެވެ. ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 17 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ ސާފު ފައިދާ 276 މިލިއަން ރުފިޔާ އަށް
/

ހިންގުމުގެ ހަރަދުތަކާއި ޓެކުހަށް ކެނޑުމަށްފަހު، އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 276 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 13 އިންސައްތަ އިތުރު މިންވަރެކެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ.

ކުންފުނީގެ ހިންގުމުގެ ހަރަދުތައް ނިސްބަތުން އިތުރުވި ނަމަވެސް، ޖުމްލަ ފައިދާ އިތުރުވުމުގެ ސަބަބުން ހިންގުމުގެ ފައިދާ ވަނީ 14 އިންސައްތަ އިތުރުވެ، 368 މިލިއަން ރުފިޔާއަށް އަރާފަ އެވެ. ތެލުގެ ވިޔަފާރީގެ އިތުރުން ކުންފުނީގެ އެހެން ދާއިރާތަކުގެ ވިޔަފާރި ވެސް މި މުއްދަތުގައި ރަނގަޅުވެފައިވާކަން އެސްޓީއޯއިން ފާހަގަކުރެ އެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/