logo

އެސްޓީއޯ ހެލްތު ކެއާއިން ސްކޭން މޮޑެލްތަކެއް ތައާރަފްކޮށްފި

ސައިފުﷲ އަލީ

20 އޯގަސްޓު 2026 - 07:20
އެސްޓީއޯ ހެލްތު ކެއާއިން ސްކޭން މޮޑެލްތަކެއް ތައާރަފްކޮށްފި

SHARE

އަލްޓްރާސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޖީއީ ހެލްތު ކެއަރ" އިން އަލަށް ބާޒާރަށް ނެރެފައިވާ "ވީ ސްކޭން" މޮޑެލްގެ ޕޯޓަބަލް އަލްޓްރާސައުންޑް ޑިވައިސްތައް އެސްޓީއޯއިން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޑިވައިސް ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ډިރެކްޓަރ ޝިމާދު އިބްރާހިމާއި، ޖީއީ ހެލްތު ކެއަރގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫއެވެ.

އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމުތަކުން ނިކުމެ ބަލިމީހާއާ ވީހާވެސް ކައިރިން ޚިދުމަތް ދިނުމުގައި މި ޑިވައިސް ބޮޑު ދައުރެއް އަދާކުރާނެއެވެ. މިއީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކުދިކުދި ރަށްރަށަށް މި ޚިދުމަތް ފުޅާކުރުމަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށް އެސްޓީއޯގެ ހެލްތުކެއަރ ޓީމުން ފާހަގަކުރެއެވެ.

މި މޮޑެލްތަކުން އެޕަލް އަދި އެންޑްރޮއިޑް ފޯނާއި ލެޕްޓޮޕަށް ގުޅާލެވޭނެއެވެ. އަދި ސްކޭންކުރާ އިންމޭޖްތައް ޑީކޮމް ސްޓޭންޑަޑްގައި ފަސޭހަކަމާއެކު ހިއްސާކުރެވޭނެ އިންތިޒާމުވެސް މި މެޝިންތަކުގައި ވަނީ ހަމަޖައްސާފައެވެ.

ސްކޭން މެޝިން ބްރޭންޑުތަކުގެ ތެރެއިން ޖީއީ ހެލްތު ކެއަރއަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކުގައި މިހާރުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ.

މި ބްރޭންޑުގެ މެޝިނަރީސްގެ އާފްޓަރ ސޭލްސް ސަރވިސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ގޮތުން އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުން ވަނީ ޖީއީ ހެލްތު ކެއަރގެ ކޮންމެ މޮޑަލިޓީއަކަށް ޚާއްސަ އިންޖިނިއަރެއް ތަމްރީނުކޮށް މަސައްކަތަށް ނެރެފައެވެ. އެގޮތުން އެމްއާރުއައި، ސީޓީ، މެމޮގްރަފީ އަދި އަލްޓްރާސައުންޑް ފަދަ ކޮންމެ މޮޑަލިޓީއަކަށް ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އޮތްއިރު، މި ޓީމުގައި ދިވެހި އަންހެން އިންޖިނިއަރުންވެސް ހިމެނެއެވެ.

އެސްޓީއޯއިން އަލަށް ތައާރަފްކުރި މި ޑިވައިސްއަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މި ދާއިރާއަށް ޚާއްސަ އީޖާދީ އުފެއްދުންތައް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު މުހިންމު ކާމިޔާބީއެކެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d