logo
World Cup 2026

އެސްޓީއޯގެ ފިހާރަތަކުން އިނާޔަތްތަކެއް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެއް ފަށަނީ

އެސްޓީއޯގެ ފިހާރަތަކުން އިނާޔަތްތަކެއް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެއް ފަށަނީ

SHARE

އެސްޓީއޯގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޚާއްސަ އިނާޔަތްތަކެއް ލިބޭ "މައި އެސްޓީއޯ ލޯޔަލްޓީ" ޕްރޮގްރާމް ފަށަން އެ ކުންފުނިން ނިންމައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ޕްރޮގްރާމަކީ މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ހުށަހެޅި ހުށަހެޅުމަކަށް ބިނާކޮށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެސްޓީއޯގެ އާންމު ހިއްސާދާރުންނަށެވެ. ހިއްސާދާރުންނަށް މިހާރު ޝެއާ ހޯލްޑާ ޕޯޓަލް މެދުވެރިކޮށް ލޯޔަލްޓީ ކާޑަށް ކްލެއިމް ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. ހިއްސާދާރުން މި ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރެވިފައިވަނީ އެންމެ މަތީ ދަރަޖަ ކަމަށްވާ "ޕްލެޓިނަމް" ގައެވެ.

ލޯޔަލްޓީ ޕްރޮގްރާމް ބަހާލެވިފައިވާ ދަރަޖަތައް

އެސްޓީއޯގެ ލޯޔަލްޓީ ޕްރޮގްރާމް ބަހާލާފައިވަނީ މައިގަނޑު ތިން ދަރަޖައަކަށެވެ. އެއީ ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް އެވެ. މިއިން ކޮންމެ ދަރަޖައެއްގެ ކާޑަކުންވެސް އެސްޓީއޯގެ ކަނޑައެޅޭ އައުޓްލެޓްތަކުން ވިޔަފާރިކޮށްގެން ޕޮއިންޓް އެއްކުރެވޭނެއެވެ.

ވިޔަފާރިކުރާ މިންވަރަށް ބަލައި ކާޑުގެ ދަރަޖަ މަތިވާނެ ކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.

ޕޮއިންޓް ލިބޭ ނިސްބަތަށް ބަލާއިރު، ސިލްވަރ ދަރަޖައިގައި ޕޮއިންޓް ގުނަ ނުކުރެވުނު ނަމަވެސް، ގޯލްޑް ދަރަޖައިގައި 1.5 ނިސްބަތުން އަދި ޕްލެޓިނަމް ދަރަޖައިގައި 2 ގުނައަށް ޕޮއިންޓް ގުނަކުރެވޭނެއެވެ. ކޮންމެ ކާޑެއްގައިވެސް 200 ޕޮއިންޓް ހަމަވުމުން، އެ ޕޮއިންޓްތައް ބޭނުންކޮށްގެން ވިޔަފާރި މުޢާމަލާތްތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެއްކުރާ ޕޮއިންޓްތައް ބޭނުންކުރުމަށް 2 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

މިވަގުތު މި ޕްރޮގްރާމްގައި ބައިވެރިކޮށްފައިވަނީ ވަކިވަކި ފަރުދުންގެ ގޮތުގައި ތިބި ހިއްސާދާރުން ކަމުގައިވީނަމަވެސް، ކުރިމަގުގައި އާންމު ކަސްޓަމަރުންނަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d