logo

އިގުތިސޯދީ ދަތިކަމުގެ ތެރޭގައިވެސް މަސްވެރިކަމަށް އާ ދިރުމެއް

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

18 އޭޕްރީލު 2026 - 10:48
އިގުތިސޯދީ ދަތިކަމުގެ ތެރޭގައިވެސް މަސްވެރިކަމަށް އާ ދިރުމެއް

މަސްވެރިންތަކެއް މަސް ބާނާ މަންޒަރު — ފޮޓޯ: ޕީއެސްއެމް

SHARE

ދުނިޔޭގެ އިގުތިސާދު ހީނަރުވެފައިވާ ދަނޑިވަޅުގައިވެސް މަސްވެރިންނަށް މަހަށް ނިކުމެވޭނެކަން ޔަގީންކޮށް، ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާ ކަމަށާއި އަދި އަޅަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސަރުކާރު ޚަބަރުގައި އެ މިނިސްޓްރީން މިއަދު ބުނީ މެދު އިރުމަތީގައި މިހާރު ހިނގާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭތީ އެކަމުގެ ސަބަބުން މަސްވެރިންނަށް ކުރާ ނެދެވޭ އަސަރު ކުޑަ ކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގުވުމުގެ ދަށުން ކުރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެގޮތުން ތެލޮގުގެ އަގު ކުޑަ ކުރުމަށްޓަކައި ފަހި ހަކަތަ ޕްރޮގްރާމުގެ ދަށުން ތެލަށް ސަބްސިޑީ ދޭން ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ފަހި ހަކަތަ ރިވައިޒަކޮށް ކޮންމެ ލީޓަރަކުން 0.84 ލާރި ދިނުމަށް ނިންމާފައިވެއެވެ.

އަދި ހަނގުރާމައާއި ގުޅިގެން ތެޔޮ އަގު ބޮޑުވި ވަގުތުވެސް ހަންގުރާމައިގެ ކުރިން މިފްކޯއިން ތެޔޮ ވިއްކަމުން ދިޔަ އަގުގައި މިހާރުވެސް މަސްވެރިންނަށް ތެޔޮ ވިއްކާކަމަށް އެ މިނިސްޓްރީން ފާހަގަ ކުރިއެވެ.

/

މީގެ އިތުރުން، ކަޅުބިލަ މަހުގެ މަސްވެރިންނެކޭ އެއްގޮތަށް ބޮޑުކަންނެލި މަސްވެރިންނަށް އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އަދި، އެ މިނިސްޓްރީން ބުނީ ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިހާރު ސަބްސިޑައިޒް އަގުގައި ތެޔޮލިބޭނެކަމަށެވެ.

ހަނގުރާމައިގެ ހާލަތުގައި މިފްކޯއަށް ކުރިމަތި ވެފައިވާ ގޮންޖެހުންތަކާއެކުވެސް ސަރުކާރުގެ އެހީތެރިކަމާއެކު 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ބަރާބަރަށް ދައްކާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން ދުނިޔޭގެ އިގުތިސާދަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން މިފްކޯއަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުންފުނީގެ ހަރަދުތައް ހަރުދަނާ ގޮތެއްގައި ކޮންޓްރޯލްކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތަށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށްވެސް ނިންމާފައިވާކަމަށް މިނިސްޓްރީން ފާހަގަ ކުރިއެެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިފްކޯ ހަރަކާތްތެރި ނުވާ ސަދަހައްދުތަކުން މަސްވެރިންނަށް ސަބްސިޑައިޒް އަގުގައި ތެޔޮ ނުލިބޭތީ، މިހާރުވެސް އިފުރުގެ ހަތަރު ސަރަހައްދަކުން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރާކަމަށެވެ.

/

އަދި ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމަށް މަސްދަޅުގެ އަގު ބޮޑު ނުކޮށް ހިފެހެއްޓުމަކީ ކާބޯތަކެތީގެ އަގު މައްޗަށް ދިޔަ ނުދީ ހިފަހައްޓަން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/