ނަލަ ޓެކްސީ ޑްރައިވަރުންގެ އެޕްލިކޭޝަން ތިން މަހަށް ހިލޭ

ޢާލިމް އަބްދުއްލަތީފް

SHARE
ނަލަ ޓެކްސީ ޑްރައިވަރުންގެ އެޕްލިކޭޝަން ތިން މަސް ދުވަހަށް ހިލޭ ބޭނުންކުރެވޭގޮތް ހަމަޖައްސައިފިއެވެ.

ނަލަ ޓެކްސީގެ އޮފިޝަލަކު ވިދާޅުވީ ކަސްޓަމަރުން ފޯރުކޮށްދެމުންދާ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް، ދަތުރުގެ ޑިމާންޑަށް ކޭޓާކުރުމަށްޓަކައި އިތުރު ޑްރައިވަރުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި ހަމަޖެއްސި ގޮތެއް ކަމަށެވެ.
ރާއްޖޭގެ ޑްރައިވަރުންނަށް ފަރިތަ އަދި ބޭނުންކޮށްލަން ފަސޭހަ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޑްރައިވާ އެޕްލިކޭޝަން ޑައުންލޯޑްކޮށްލައިގެން ރަޖިސްޓްރީކޮށްލައިގެން އެޕް ބޭނުންކުރެވޭނެއެވެ.
ޑްރައިވާ އެޕްލިކޭޝަން ހިލޭ ހުޅުވާލުމުގެ އިތުރުންވެސް ޑްރައިވަރުންނަށް އަމާޒުކޮށްގެން މިހާރުވެސް ދަނީ ޕްރޮމޯޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ކޮންމެ ދުވަހެއްގެވެސް އެންމެ ގިނަ ދަތުރުކުރާ ޑްރައިވަރަށް 700 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ދަނީ ހިންގަމުންނެވެ.


