ރޯދަ ހަދިޔާ ދޫކުރާނީ މާދަމާއިން ފަށައިގެން މިފްކޯގެ ފިހާތަރަކުން

މަރްޔަމް މާޙީ

މިފްކޯ މަސް ފިހާރަ އެއް... ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
SHARE
މާދަމާ އިން ފަށައިގެން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށް މިނިސްޓާ އޮފް ސިޓީސް, ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މިހާތަނަށް އައިއިރު، މާލެ ސަރަހައްދުގައި 48 ހާސް ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށެވެ. މިރޭ ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވަނީ ކުރިއެކޭ ވެސް އެއްގޮތަށް ކަނޑައެޅިފައިވާ 13 މަރުކަޒުގައެވެ. މިނިސްޓަރު ވިދާޅުވީ މާޗް 11 ވަނަ ދުވަހުން ފެށިގެން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށެވެ. އަދި މާލެ އާއި ހުޅުމާލޭގައި ހުރި މިފްކޯގެ ހަތަރު ފިހާރަ ހުޅުވައިފައި ހުންނަ ގަޑި ތަކުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މި ބަދަލު ގެނައީ ގިނަ ފަރާތްތަކަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވާތީކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ."ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންކަން ފާހަގަކުރަން. އަދި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން ކުރިޔަށްދާނެ," އެކްސްގައި ކުރެއްވި ޕޯސްޓުގައި މިނިސްޓަރު ވިދާޅުވިއެވެ.