logo

އީދު ބޮކި ދިއްލާ ރަށްތަކުގެ ލިސްޓުގައި އޮމަދޫ ހިމެނުނީ އޮޅުމަކުން: މިނިސްޓްރީ

ސައިފުﷲ އަލީ

30 މާރިޗު 2025 - 09:10
އީދު ބޮކި ދިއްލާ ރަށްތަކުގެ ލިސްޓުގައި އޮމަދޫ ހިމެނުނީ އޮޅުމަކުން: މިނިސްޓްރީ

SHARE

އީދު ބޮކި ދިއްލާ ރަށްތަކުގެ ލިސްޓުގައި އދ. އޮމަދޫ ހިމެނުނީ އޮޅުމަކުން ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓްރީން ބުނެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އީދު ބޮކި ދިއްލާ ރަށްތަކުގެ ލިސްޓުން އޮމަދޫ އުނިކުރި ކަމަށް ބުނެ އެ ރަށު ކައުންސިލުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

އޮމަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އީދު ބޮކި ދިއްލާ ރަށްތަކުގެ ތެރޭގައި އެ ރަށް ހިމެނޭކަން މިނިސްޓްރީން މި މަހުގެ ހަ ވަނަ ދުވަހު އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

ލޯކަލް ގަވާމެންޓް މިނިސްޓްރީގެ އިސް އޮފިޝަލަކު "ނުކުތާ"އަށް ވިދާޅުވީ އީދު ބޮކި ދިއްލާ ރަށްތަކުގެ ލިސްޓުގައި އޮމަދޫ ހިމެނުނީ އިދާރީ އޮޅުމަކުން ކަމަށެވެ. އަދި އެކަން އޮމަދޫ ކައުންސިލަށް ލިޔުމުން މިހާރު އަންގާފައިވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ މިނިސްޓްރީން ބުނީ އީދު ބޮކި ދިއްލަނީ ކޮންމެ އަތޮޅެއްގައި ވެސް އެންމެ އާބާދީ ބޮޑު ދެ ރަށުގައި ކަމަށެވެ. އދ. އަތޮޅުގައި އެންމެ އާބާދީ ބޮޑު ދެ ރަށަކީ މާމިގިއްޔާއި ދަނގެއްޗެވެ. އެހެންވެ އީދު ބޮކި ދިއްލަނީ އެ ދެ ރަށުގައި އެކަންޏެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މިފަހަރުގެ އީދަށް 65 ރަށެއް ދިއްލާނެ ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެެވެ.

އެ މިނިސްޓްރީން ވަނީ 28 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސްޓެލްކޯ ލައްވައި އީދު ލައިޓްތައް ގަނެފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/