
SHARE
މަޖީދީމަގުގެ ބޮޑު ބައެއްގެ ކާނުގަނޑު ސާފުކޮށް ނިމިފައިވާކަމަށް ސިޓީތަކާއި, އިދާރީ ހިންގުމާއި, އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިނިސްޓްްރީ އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓްރީން ކުރައްވާ މަސައްކަތުން އޮލިންޕަހުން ފެށިގެން ހުޅަނގަށް, ރަސްފަންނާ ހަމައަށް މަޖީދީމަގު ދެފަރާތުގައި ހުރި ކާނުތައް ސާފުކޮށް ނިމިފައިވާ ކަމަށެވެ.
ވާރޭ ވެހި މާލޭގެ މަގުތަކުން ފެން ނުހިނދޭ މައްސަލަ ހައްލު ކުރުމަށް ޓަކައި ކޮންމެ ދުވަހަކު ވެސް ހެނދުނު 09:00 އިން މެންދުރު 02:00 އަށް ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. މި މަސައްކަތް ފެށީ މި މާޗު މަހުގެ އަށެއް ގައެވެ.
މި ހަރަކާތުގެ ދަށުން އެންމެ ފުރަތަމަ ސާފު ކުރަން ފެށީ މަޖީދީ މަގުގެ ކާނުތަކެވެ. މިއީ ރައީށް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދާ ލަފާފުޅުގެ މަތިން ފެށި މަސައްކަތެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވެ އެތައް ބައެއްގެ މުދަލަށާއި ގެދޮރަށް ލިބެމުންދާ ގެއްލުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި ޒަމާނީ ފެންވަރަށް މަގުތައް ހަދަން ނިންމައިފައިވާކަން ސަރުކާރުން ވަނީ މީގެ ކުރިން އިއުލާނުކޮށްފައެވެ.
.png&w=3840&q=75)