ކައުންސިލަރުންގެ ދައުރު ހަމަވާން ދޮޅު އަހަރަށްވެފައިވާނަމަ ބައި-އިލެކްޝަން ނުބާއްވަން އިސްލާހެއް ހުށައަޅައިފި

މަރްޔަމް މާޙީ

SHARE
ކައުންސިލަރުންގެ ދައުރު ހަމަވާން ދޮޅު އަހަރަށްވެފައިވާނަމަ ބައި-އިލެކްޝަން ނުބާއްވަން އިސްލާހެއް މަޖިލީހަށް ހުށައަޅައިފި އެވެ.

މި އިސްލާހު މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ ޕީއެންސީގެ މެންބަރު ޢަލީ މޫސާއެވެ.
މި އިސްލާހުގައި ފާހަގަކޮށްފައިވަނީ ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނައިން ބައި-އިލެކްޝަން ބާއްވަން ޖެހުމާއި، އޭގެ ސަބަބުން އެކަމަށްކުރަންޖެހޭ ހަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.
އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވާން ދޮޅު އަހަރަށް ވެފައި ވަނިކޮށް، މަގާމް ހުސްވެއްޖެނަމަ ބައި-އިލެކްޝަން ބާއްވަންނުޖެހޭ ގޮތަށް ހަމަޖެއްސުމަށް އިސްލާހުގައި ވެއެވެ.
މި އިސްލާހު ކައުންސިލްތަކުގެ މެންބަރުންނަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ވެސް ހިނގާނެއެވެ.
.png&w=3840&q=75)