logo

ކައުންސިލްތަކުގެ %40 އަންހެނުންނަށް ހާއްސަކުރަނީ

މަރްޔަމް މާޙީ

މަރްޔަމް މާޙީ

15 މޭ 2025 - 09:19
ކައުންސިލްތަކުގެ %40 އަންހެނުންނަށް ހާއްސަކުރަނީ

SHARE

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި %40 އަންހެނުންނަށް ހާއްސަ ކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލުތަކުގައި އަންހެނުން އިތުރަށް ބާރުވެރިކުރެވޭނެ ގޮތްތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު ކައުންސިލުތަކުގައި އަންހެނުންނަށް ހާއްސަކޮށްފައިވަނީ %33 ގޮނޑިކަން ފާހަގަކަ ކުރައްވައި ރައީސް ވިދާޅުވީ މި އަދަދު %40އަށް އިތުރުކުރަން ނިންމާފައިވާ ކަަމަށެވެ.

އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ މަގާމަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އެހެން ބަދަލުތަކެއް ވެސް ލޯކަލް ކައުންސިލް އިންތިހާބަށް ގެންނަން ނިންމާފައިވާ ކަން ރައީސް ހާމަ ކުރެއްވިއެވެ. އެގޮތުން, އަތޮޅު ކައުންސިލުތައް އުވާލައި, ބޮޑު އާބާދީތަކުގެ ރަށްރަށަށް ފަސް ކައުންސިލަރުން، އަދި 2000އަށް ވުރެ ކުޑަ އާބާދީތަކުގެ ރަށްރަށަށް ތިން ކައުންސިލަރުން އިންތިހާބު ކުރުމާށް ވެސް ވަނީ ނިންމާފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/