
އިބްރާހީމް އާތިފް ޝަކޫރު --- ފޮޓޯ: ދަ އެޑިޝަން
SHARE
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ ކަމަށް އެ ކުންފުނީގެ ސީއީއޯކަން ކުރިން ކުރައްވާފައިވާ އިބްރާހީމް އާތިފް ޝުކޫރު ހަމަޖައްސަވައިފިއެވެ.

އާތިފަކީ އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ ގޮތުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރުގެ އެޑްވައިޒަރަކަށް އާތިފް ހަމަޖެއްސީ އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރަން ކުރަންހުރި ކަންކަމުގައި އޭނާއަށް ލަފާދިނުމަށެވެ.
އާތިފަކީ 2004 އިން 2013 ވަނަ އަހަރަށް މިފްކޯގެ އެކި މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ. އޭނާ އަދާކުރެއްވި މަގާމްތަކުގެ ތެރޭގައި ސޭލްސް އެންޑް މާކެޓިން މެނޭޖަރުގެ މަގާމާއި ޑެޕިއުޓީ ސީއީއޯގެ މަގާމު ހިމެނެއެވެ.
ފަރުހަތަކީ މި ސަރުކާރުން މިފްކޯއަށް އައްޔަންކުރި ތިން ވަނަ ސީއީއޯއެވެ. އެންމެ ފުރަތަމަ އައްޔަން ކުރީ އަހްމަދު ޝަމާހު ރަޝީދެވެ. އޭނާ އެ މަގާމުން ވަކިކޮށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަނީ ބަދަލުކޮށްފައެވެ. އެއަށްފަހު ދެން ސީއީއޯ ކަމަށް ހަމަޖެއްސީ ޑރ. ވިޓާލީ ލުބިމޯވްއެވެ. އޭނާ ވެސް މަގާމުން ވަކިކުރީއެވެ.
.png&w=3840&q=75)