logo

ބިންހެލުމާ ގުޅިގެން ފުއާދާއި ދިވެހީން މަގުމަތިވެއްޖެ

ފާތިމަތު މިޝްކާ

28 މާރިޗު 2025 - 18:46
ބިންހެލުމާ ގުޅިގެން ފުއާދާއި ދިވެހީން މަގުމަތިވެއްޖެ

ބިންހެލުމާ ގުޅިގެން ބެންކޮކްގެ މަގުތަކުގައި މީހުން ޖަމާވެފައި 

SHARE

ތައިލޭންޑްގެ ވެރިރަށް ބެންކޮކަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރާއްޖެއިން އެ ގައުމަށް ކަނޑައަޅާފައިވާ ސަފީރު ފުއާދު ތައުފީގާއި އެ ގައުމުގައި ދިރިއުޅޭ ދިވެހީން ވެސް މަގުމަތިވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ބެންކޮކުގައި 150 ވަރަކަށް ދިވެހީން ދިރިއުޅެއެވެ. ފުއާދު ވިދާޅުވީ އެއްވެސް އިމާރާތެއްގެ ތެރެއަށް ވަނުމުގެ ހުއްދައެއް ނެތް ކަމަށާއި އެންމެން ވެސް ތިބީ މަގުމަތީގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ގައުމުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް އަނިޔާވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

"އަޅުގަނޑު މިގެންދަނީ ވަރަށް ގާތުން ދިވެހީންގެ ހާލު ބަލަމުން،" ފުއާދު ވިދާޅުވިއެވެ.

7.7 މެގްނިޓިއުޑާއި 6.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން ބެންކޮކްގައި ބައެއް ދިވެހީން ދިރިއުޅޭ އިމާރާތްތަކުގައި ވެސް ވަނީ ރެނދުލާފައެވެ. ނަމަވެސް އެއްވެސް ދިވެއްސަކަށް ގެއްލުވި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބެންކޮކްގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވާނަމަ އެމްބަސީގެ ހޮޓްލައިން ނަންބަރުތަކަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ގުޅުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

އެމްބަސީ ހޮޓްލައިން ނަންބަރު: 66611766502 +

މިނިސްޓްރީ ހޮޓްލައިން ނަންބަރު: 9607983400+

ބިންހެލުމާ ގުޅިގެން އަލަށް އިމާރާތް ކުރަމުންދިޔަ ތައިލޭންޑްގެ އޮޑިޓް އޮފީހުގެ އިމާރާތް ވަނީ ބިމާ ހަމަވެފައެވެ. އެއީ 30 ބުރީގެ އިމާރާތެކެވެ. އެ އިމާރާތުގައި މަސައްކަތް ކުރި 400 މަސައްކަތްތެރިންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ތައިލޭންޑްގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އިމަޖެންސީ މެޑިސިން އިން ބުނިގޮތުގައި އެ ހާދިސާގައި ސީރިއަސް ހާލަތުގައި ފަރުވާދެމުން ދަނީ ފަސް މީހަކަށެވެ. އެ ހާދިސާގައި ތިން މީހަކު މަރުވިކަން މިހާތަނަށް ވަނީ ރިޕޯޓްކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d