ޗާގޯސް ކައިރިއަށް ބިންހެލުމެއް, ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް
އައިޝަތު ހިދާޔާ
7 އޮކްޓޯބަރު 2026 - 16:27

SHARE
އައްޑޫ ސިޓީއާ 833 ކިލޯމީޓަރު ދުރުގައި އޮންނަ ޗާގޯސް އާކިޕެލަގޯ ސަރަހައްދަށް ބިންހެލުމެއް އައިސްފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓުން ބުނީ, މި ބިންހެލުން އައިސްފައި ވަނީ މިރޭ 19:59 ހާއިރު ކަމަށެވެ. މި ބިންހެލުން އައީ 5.0 މެގްނިޓިއުޑުގެ ބާރުމިނުގައެވެ.
މެޓުން ބުނީ, ބޮންހެލުން އައި ސަރަހައްދާ އައްޑޫ ސިޓީއާ 833 ކިލޯ މީޓަރުގެ ދުރުމިން ހުރި ނަމަވެސް, މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެކަމަށެވެ.
މީގެކުރިން ވެސް އިންޑިއާ ކައިރީގައި އޮންނަ ސަރަހައްދުތަކަސް ބިންހެލުންތައް އާދެއެވެ. އަދި ބައެއް ފަހަރު އެ ބިންހެލުންތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ރާއްޖެއަށް ކޮށްފައި ވެއެވެ.


