ތައިލަންޑުގެ ސްކޫލެއްގައި ބަޑިން ހަމަލާ ދިން 14 އަހަރުގެ ކުއްޖާ ބަޑި ޖަހަން ދަސްކުރީ އޮންލައިންކޮށް
މިންހާ އަބްދުالله

ކުއްޖާ ދިރިއުޅުނު ގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންދަނީ / ފޮޓޯ: ރިއުޓާޒް
SHARE
ތައިލަންޑުގެ ސްކޫލެއްގައި ބަޑިން ހަމަލާ ދިން 14 އަހަރުގެ ކުއްޖާ ބަޑި ޖަހަން ދަސްކުރީ އޮންލައިންކޮށްކަމަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންގެ ތަހުގީގުތަކަށްފަހު ހާމަކުރިގޮތުގައި ފާއިތުވި ގާތްގަނޑަކަށް އަހަރެއް ނުވަތަ ދެ އަހަރެއްހާ ދުވަސް ތެރޭގައި ބަޑި ފަދަ ތަކެއްޗަށް ހާއްސަ ޝައުގުވެރިކަމެއް އުފެދި އެ ތަކެތީގެ ވާހަކަ ދައްކާފައިވެ އެވެ. ފުލުގުން އަންނަނީ އަދިވެސް އޭނާ ގެންގުޅެފައިވާ ކޮމްޕިޔުޓަރު ފަދަ ތަކެތި ބަލައި ފާސްކުރަމުންނެވެ. މި ބަލައިފާސް ކުރުމުގެ ތެރޭގައި އޭނޤާގެ ދަބަސް ތެރެއިން ވަޅިއެއް ވެސް ފެނިފައިވެ އެވެ.
14 އަހަރުގެ މި ފިރިހެން ކުއްޖާ އެންމެ ފުރަތަމަ ހަމަލާދީ މަރާލާފައިވަނީ އޭނާގެ މާމަ އަދި ކާފަ އެވެ. އެއަށްފަހު ސްކޫލަށް ގޮސް ބަޑިން ހަމަލާ ދީ 6 މީހަކު މަރާލާފައިވެ އެވެ. މި 6 މީހުންގެ އިތުރުން 20 މީހަކު ޒަހަމްވެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ހޯދަމުންނެވެ.
ކުއްޖާގެ މަންމަ ކިޔައިދިން ގޮތުގައި ކުއްޖާގެ ފަރާތުން އެއްވެސް ކަހަލަ ތަފާތު އުޅުމެއް ފެނިފައެެއް ނުވެ އެވެ. އަދި ބުލީކުރުން ފަދަ ކަމެއްގެ ޝިކާރައަކަށް އެ ކުއްޖާ ވެފައިވާކަމަށް ނުބެލެވޭކަމަށް ވެސް މަަންމަ ކިޔައިދީފައިވެ އެވެ. އެކަހަލަ ކަމެއް ވޭތޯ ސުވާލުކުރުމުން އަބަދުވެސް ނޫނެކޭ ބުނާ ކަމަށާއި ކުއްޖާއަކީ އުފާވެރި މިޖާޒެއްގެ ކުއްޖެއްކަމަށް މަންމަ ބުނެފައިވެ އެވެ.
ފާއިތުވި 12 އަހަރު ކުއްޖާ ދިރިއުޅެމުން ދިޔައީ އޭނާގެ މާމަ އަދި ކާފައާ އެކީގަ އެވެ. އެއީ ކުއްޖާގެ މަންމަ އާއި ބައްޕަގެ ގުޅުން ކެނޑުނު ހިސާބުން ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ކުއްޖާއާ ކުއްޖާގެ މަންމަ އެންމެ ފަހުން ދިމާވީ ސްކޫލް ބަންދެއްގައިކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.
މި ހާދިސާއަށްފަހު ތައިލަންޑްގެ ސްކޫލުތަކުގެ ޕޮލިސީތަކަށް ބަދަލު ގެނައުމަށް އެޑިޔުކޭޝަން މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނަފްސާނީ ސިއްހަތުގެ ސްކްރީންތައްކޮށް މިފަދަ އަމަލުތައް ހިންގަފާނެކަމަށް ބެލެވޭ ކުދިން ދނެގަތުމަށް ސަމާލުކަން ދިނުމަށް އުސޫލުތަކަށް ބަދަލު ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި
މާއޮއިސްޓް ހަނގުރާމަވެރިންގެ ހަނގުރާމަތައް ހުއްޓުވުނު ނަމަވެސް އެ ފިކުރުގެ ގުރޫޕުތައް ހަރަކާތްތެރިވޭ: މޯދީ

