logo

އިންޑިޔާގެ ޒުވާނުންނާއި ފުލުހުންނާއި ދެމެދު އަނެއްކާވެސް ހަމަނުޖެހުންތަކެއް

ފާތިމަތު މިޝްކާ

26 އޯގަސްޓު 2026 - 09:00
 އިންޑިޔާގެ ޒުވާނުންނާއި ފުލުހުންނާއި ދެމެދު އަނެއްކާވެސް ހަމަނުޖެހުންތަކެއް

ބިހާރުގައ ކުރިއަށް ދިޔަ ހަމަނުޖެހުމުގެ ތެރެއިން / ފޮޓޯ: އޭއެފްޕީ

SHARE

އިންޑިޔާގެ ޒުވާނުންނާއި ފުލުހުންނާއި ދެމެދު އަނެއްކާވެސް ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ހަމަނުޖެހުންތައް ހިނގާފައިވަނީ ބިހާރުގައި ހުންނަ އެގައުމުގެ ޗީފް މިނިސްޓަރުގެ ގެކޮޅާ ދިމާލަށް ހަމަނުޖެހުމުގެ ބައިވެރިން ހިނގާފައި ދާން ފެށުމުން އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރުމުންނެވެ.

ހަމަނުޖެހުމުގެ ބައިވެރިން ގޮވާލަމުން ދިޔައީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމަށާއި ރިކްރޫޓްމަންޓް އިމްތިހާނުތަކުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމްކޮށް ދިނުމަށެވެ.

ފުލުހުންގެ ބެރިކޭޑްތައް ފޫއަޅުވާލާފައި ހަމަނުޖެހުމުގެ ބައިވެރިން ކުރިއަށް ދާން މަސައްކަތް ކުރަން ފެށުމުން ފުލުހުން ވަނީ "ވޯޓަރ ކެނޮން" ބޭނުންކޮށްގެން ބާރު ސްޕީޑުގައި ފެން ޖަހައި އެ މީހުން ހުއްޓުވުމަށް މަސައްކަތްކޮށްފަ އެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ އިންޑިޔާގެ ނިއު ދިއްލީގައި ހިނގި "ޖެން ޒީ" ޕްރޮޓެސްޓުތަކުގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ. އެ ހަމަނުޖެހުންތަކުގައި ކުރި ޑިމާންޑުތަކާއި ކުރިމަތިވި ޕްރެޝަރުގެ ސަބަބުން އެގައުމުގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވާފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d