logo

މަހަރާޝްތުރާއަށް ކުރިމަތިވި ހަނަފަސްކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލަށް މައި ސަރުކާރުން ދަނޑުވެރިންނަށް އެހީ ފޯރުކޮށްދެނީ

ފާތިމަތު މިޝްކާ

6 އޮކްޓޯބަރު 2026 - 08:25
މަހަރާޝްތުރާއަށް ކުރިމަތިވި ހަނަފަސްކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލަށް މައި ސަރުކާރުން ދަނޑުވެރިންނަށް އެހީ ފޯރުކޮށްދެނީ

SHARE

މަހަރާޝްތުރާއަށް ކުރިމަތިވި ހަނަފަސްކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލަށް މައި ސަރުކާރުން ދަނޑުވެރިންނަށް އެހީ ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މަހަރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އެކްނާތު ޝިންޑޭ ވިދާޅުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށްފަހު ޝިންޑޭ ވިދާޅުވީ އެ ސްޓޭޓަށް ކުރިމަތިވެފައިވާ ފެނަށް ޖެހުމުގެ މައްސަލަ ނުވަތަ ހަނަފަސްކަމުން އަރައިގަތުމަށް މަރުކަޒީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވާފައިވާ ކަމަށެވެ.

އާދިއްތަ ދުވަހު ނިއުދިއްލީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝިންޑޭ ވިދާޅުވީ، މަހަރާޝްތުރާގެ ހަނަފަސްކަމުގެ ހާލަތާ ގުޅޭގޮތުން ބޮޑުވަޒީރު ވަރަށް ތަފުސީލީ ގޮތެއްގައި މަޝްވަރާކުރެއްވި ކަމަށެވެ. އަދި ފެނާއި، ކާނާއާއި، ދަނޑުތަކަށް ލިބިފައިވާ ގެއްލުންތަކުގެ މަޢުލޫމާތު އޮޅުންފިލުއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވާރޭ ނުވެހުމުގެ ސަބަބުން މަހަރާޝްތުރާގެ 265 ސަރަހައްދެއްގައި ހަނަފަސްކަން އޮތްކަން އެ ސްޓޭޓްގެ ސަރުކާރުން އިއުލާންކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެއީ ގާތްގަނޑަކަށް އެ ސްޓޭތުގެ 74 އިންސައްތަ ސަރަހައްދެވެ.

ބޮޑުވަޒީރު މޯދީއާއެކު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ޝިންޑޭ އިތުރަށް ވިދާޅުވީ، މަހަރާޝްތުރާއަށް ބޭނުންވާ އެހީތެރިކަން މަރުކަޒީ ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. މިހާރުވެސް ދަނޑުވެރިންނަށް އަހަރަކު 12,000 ރުޕީސް ލިބޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މީގެ ތެރެއިން 6,000 ރުޕީސްއަކީ މަރުކަޒީ ސަރުކާރުގެ "ޝެތުކާރީ ސައްމާން ޔޯޖަނާ" ގެ ދަށުން ދެވޭ އެހީއެއް ކަމަށެވެ. އަދި ބާކީ 6,000 ރުޕީސްއަކީ މަހަރާޝްތުރާގެ "ނަމޯ ޝެތުކާރީ ޔޯޖަނާ" ގެ ދަށުން ދެވޭ އެހީއެއް ކަމަށެވެ.

ވޭތުވެދިޔަ އަހަރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލުގައި ސަރުކާރުން ފޯރުކޮށްދިން އެހީ ފާހަގަކުރައްވަމުން ޝިންޑޭ ވިދާޅުވީ، ދަނޑުވެރިން ދިމާވާ ދަތި ހާލަތެއްގެ ސަބަބުން ސަރުކާރުން އެހީ ފޯރުކޮށްދިނުމަށް ފަސްނުޖެހޭނެ ކަމަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d