logo

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް އައުން އެދެން: ޖައިޝަންކަރު

ފާތިމަތު މިޝްކާ

5 އޮކްޓޯބަރު 2026 - 08:38
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް އައުން އެދެން: ޖައިޝަންކަރު

އިންޑިޔާގެ ޚާރިޖީ ވަޒީރު

SHARE

އިންޑިއާގެ ސަލާމަތަށް ނުރައްކާވި ދަނޑިވަޅުތަކުގައި، ރަޝިޔާއަކީ ތަފާތު އެކި ގޮތްގޮތުން އިންޑިޔާއާ އެކު ސާބިތުކަމާއެކު އޮތް ގައުމެއް ކަމަށާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް އައުން އެދޭ ކަމަށް އިންޑިޔާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ނިއުދިއްލީގައި ބޭއްވި 62 ވަނަ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުން އިންޑިއާގެ އަވައްޓެރި ގައުމެއްގެ އަސްކަރީ ސަރުކާރަކަށް ތާއީދުކުރަމުން ދިޔަ ދުވަސްވަރުވެސް، ރަޝިޔާއަކީ އިންޑިއާއާ އެކު ވަރަށް ގާތް ގުޅުމެއް ބޭއްވި ގައުމެއް ކަމަށެވެ.

އިންޑިއާ އާއި ރަޝިޔާގެ ގުޅުން ބިނާވެފައިވަނީ އެކަހަލަ ކިތަންމެ ކަމެއްގެ މައްޗަށް ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

މި ގުޅުން މިހާރު އެއަށްވުރެ ފުޅާވެ، އިގްތިސާދީ ގޮތުންވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން ޑރ. ޖައިޝަންކަރު ފާހަގަކުރެއްވިއެވެ. ދެ ގައުމުގެ ދެމެދުގައި އަސްކަރީ، ނިއުކްލިއާ އަދި ޖައްވީ ދާއިރާގެ އިތުރުން، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ބޮޑެތި މުއާމަލާތްތަކެއް ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަކީ ހިތާމަވެރި ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން، އެ ހަނގުރާމަ ނިމުމަކަށް އައުމަކީ އިންޑިޔާއިން ބޭނުންވާ ކަމެއްކަމަށް ވިދާޅުވި އެވެ. އަދި މިކަމަށް އޮތް ހައްލަކީ މަޝްވަރާ އާއި ޚާރިޖީ ގުޅުންތައް ބޭނުންކުރުން ކަމަށާއި، އެކަމާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި ވާހަކަދެކެވެން ޖެހޭނެ ކަމަށް އިންޑިއާއިން ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.

ފާއިތުވި މަސްތަކުގައި މި މައްސަލައަށް ހައްލެއް ހޯދުމަށް އިންޑިއާއިން ކުރާ މަސައްކަތްތައް އިތުރުކޮށްފައިވާކަން އޭނާ ހާމަކުރެއްވިއެވެ. މިގޮތުން ރަޝިޔާ އާއި ޔޫކްރެއިނާ އެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަތަކުން ފެށިގެން އެހެނިހެން ކަންކަމުގައިވެސް އެހީތެރިވުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ޖައިޝަންކަރު އިތުރަށް ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d