logo

އިންޑިޔާގެ "ކޮކްރޯޗް" ޕާޓީގެ މުޒާހަރާއެއް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހުއްޓުވައިފި

ފާތިމަތު މިޝްކާ

4 އޮކްޓޯބަރު 2026 - 10:52
އިންޑިޔާގެ "ކޮކްރޯޗް" ޕާޓީގެ މުޒާހަރާއެއް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހުއްޓުވައިފި

އިންޑިޔާގެ ކޮކްރޯޗް ޕާޓީގެ އިހުތިޖާޖެއްގެ ތެރެއިން

SHARE

"ކޮކްރޯޗް" ޕާޓީ އާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން ކުރިއަށް ގެންދަން މަސައްކަތް ކުރި މުޒާހަރާތައް އިންޑިޔާގެ ސަލާމަތީ ބާރުތަކުން ހުއްޓުވައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި މުޒާހަރާތައް ކުރުމަށް ނިންމާފައި އޮތީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ އާއި މުމްބާއީގަ އެވެ.

ކުރިއަށްގެންދަން ރޭވި މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

މުޒާހަރާ ކުރުމުގެ ކުރިން ވޯޓު ލާ މީހުންގެ ލިސްޓާ ގުޅޭގޮތުން އުފެދިފައިވާ މައްސަލައަކާ ގުޅިގެން، އިލެކްޝަން ކޮމިޝަންގެ ރައީސް އިސްތިއުފާ ނުދެއްވައިފިނަމަ މުޅި ގައުމުގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ޖެން-ޒީއިން އިސްވެ ހިންގާ ކުރަފި ޕާޓީން މިދިޔަ ހަފުތާގައި ސަރުކާރަށް ދީފައިވެއެވެ.\

ހުކުރު ދުވަހު ކުރިއަށްގެންދިޔުމަށް ތާވަލު ކުރި މި މުޒާހަރާތަކާއި ގުޅިގެން އެތައް ސަތޭކަ ފުލުހުންނާއި ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި މުޒާހަރާގެ ބައިވެރިން އެ ސަރަހައްދަށް އައުމާއެކު، ބާރުގެ ބޭނުންކޮށްގެން އެ މީހުން ބަސްތަކަށް އަރުވައިގެން ވަނީ ގެންގޮސްފައެވެ.

މުޒާހަރާގެ ބައިވެރިން އެއްވަމުންދިޔަ "ޖަންތަރް މަންތަރް" އާ ކައިރި ސަރަހައްދުތަކުގައި ހުރި މެޓްރޯގެ 11 ސްޓޭޝަނެއް ކަމާބެހޭ ފަރާތްތަކުން ބަންދުކޮށްފައިވާއިރު، އެއްވެފައިވާ މީހުން ދިއުމަށް ލައުޑްސްޕީކަރު މެދުވެރިކޮށް ތަކުރާރުކޮށް ދިޔައީ އިންޒާރު ދެމުންނެވެ.

ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން، ދިއްލީގެ ކުރީގެ ޗީފް މިނިސްޓަރު އާތިޝީ މާލޭނާ އާއި، އިދިކޮޅު އާމް އާދްމީ ޕާޓީގެ މެންބަރުންނާއި، ދަރިވަރުންގެ ޖަމިއްޔާތަކުގެ މެންބަރުން ހިމެނޭހެން 500 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބަހަށް އަރުވަމުން ދިޔައިރު، މުޒާހަރާގެ ބައެއް ބައިވެރިން ވަނީ މުޒާހަރާ ކުރުމަކީ އެ މީހުންގެ އަސާސީ ހައްގެއް ކަމަށާއި، ވޯޓު އޮޅުވާލުމާ ގުޅޭގޮތުން ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d