ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 150އިން މަތީގައި، އިންޑިޔާއިން އެ ގައުމަށް 10 ޓަނުގެ އެހީ ފޯރުކޮށްދީފި
ފާތިމަތު މިޝްކާ

SHARE
ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އިންޑިޔާއިން އެ ގައުމަށް 10 ޓަނުގެ އެހީ ފޯރުކޮށްދީފި އެވެ.

ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް 150އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ގެއްލިފައިވާ މީހުންގެ ތެރެއިން 390އަށްވުރެ ގިނަ މީހުންނަކީ ނޭޕާލަށް ނިސްބަތްނުވާ މީހުން ކަމަށާއި ނޭޕާލަށް ނިސްބަތްވާ 90އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އިންޑިޔާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި އިންޑިޔާއަށް ނިސްބަތްވާ 100 އަށްވުރެ ގިނަ މީހުން މި ކާރިސާގައި ގެއްލިފައިވެ އެވެ.
ނޭޕާލަށް ކުރިމަތިވި މި ނުރައްކާތެރި ކާރިސާއާ ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ނޭޕާލްގެ ބޮޑުވަޒީރު ނަލެންދްރަ ޝާހަށް ގުޅުއްވައި ދެވެން އޮތް ހުރިހާ އެހީއެއް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބުދަ ދުވަހު އިންޑިޔާގެ އެއާ ފޯސް އެއާކްރާފްޓްއެއް މެދުވެރިކޮށް 10 ޓަނުގެ އެހީ ފޯރުކޮށްދީފައިވެ އެވެ.
މީގެ ތެރޭގައި ބޭހާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުންވާނެ ތަކެއްޗާއި ބެޑުޝީޓު އަދި ސާފުތާހިރުވުމަށް ބޭނުންވާނެ ތަކެތި ހިމެނެ އެވެ.
ނޭޕާލުގެ ބޮޑުވަޒީރު ވަނީ ފޯނުން ގުޅުއްވައި މޯދީ ދެއްވި ހިތްވަރަށާއި އެ ގައުމުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.


