މި އަހަރުގެ ފިތުރު ޒަކާތުން ބައި މިލިއަން ގާޒާގެ ކުޑަކުދިންނަށް ދެނީ
ފާތިމަތު މިޝްކާ

SHARE
މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ބައި މިލިއަން ރުފިޔާ ގާޒާގެ ކުޑަކުދިންނަށް ޚަރަދުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ފަގީރުންނަށް ދޭންޖެހޭ ޒަކާތް މިހާރު ދައްކާނިމިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ނިންމީ ފަގީރުންގެ ދަފްތަރުގައި ތިބި ކޮންމެ މީހަކަށް ޒަކާތުގެ ގޮތުގައި 4،500ރ. ޖަމާކޮށްދިނުމަށެވެ.
އެ ލިސްޓުގައި މި ވަގުތު 2،765 މީހުން އެބަތިއްބެވެ. އެ އެންމެންނަށް ބެހި ޒަކާތުގެ ފައިސާގެ ޖުމްލަ އަދަދަކީ 12.4 މިލިއަން ރުފިޔާއެވެ.
ޝަހީމް ވިދާޅުވީ ގާޒާގެ ކުޑަކުދިންނަށް ދޭން ނިންމި ފަސް ލައްކަ ރުފިޔާ ޚަރަދުކުރާނީ އެ ކުޑަކުދިންނަށް ކާބޯތަކެތި ގަނެދިނުމަށް ކަމަށެވެ.
.png&w=3840&q=75)
ހުރިހާ ފަގީރުންނަށް ވެސް މި އަހަރު ޒަކާތް ބަހާފައި ވަނީ އެއް ވަރަކަށެވެ. އެއީ އިޖްތިމާއީ އަދާލަތު ގާއިމް ކުރަން ނިންމި ނިންމުމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ގޮވާމުން ލިބުނު ޒަކާތް، މާލެ ސަރަހައްދުގެ ކޮންމެ ފަގީރަކަށް 15 ކިލޯ ވަނީ ދީފައެވެ.