
SHARE
ރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް 50 ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތި ތައުލީމް ހާސިލްކުރުމަށް ޒަކާތު ފަންޑުން ހުޅުވާލި 50 ސްކޮލާޝިޕްގެ ތެރެއިން 20 ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ކިޔެވުމަށެވެ. އަނެއް 30 ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލާޝިޕްގެ ފުރުސަތުތަކެއްކަމަށެވެ.
ރާއްޖޭގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ގައުމީ ޔުނިވާސިޓީ އާއި އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަށެވެ.
ރާއްޖޭގައި ކިޔަވަން ސްކޮލާޝިޕް ދޭ ދާއިރާތައް
- މާސްޓާ އޮފް އާޓްސް އިން ޤުރުއާނިކް ސައިންސެސް – 6 ފުރުސަތު
- މާސްޓާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – 3 ފުރުސަތު
- އެގްޒެކެޓިޒް މާސްޓާސް އިން އިސްލާމިކް ފައިނޭންސް – 5 ފުރުސަތު
- މާސްޓާ އޮފް އާޓްސް އިން ޝަރީއާ – 3 ފުރުސަތު
- މާސްޓާ އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް – 3 ފުރުސަތު
.png&w=3840&q=75)
ޒަކާތު ފަންޑުން ހުޅުވާލި ފުރުސަތުގެ ތެރެއިން ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައެވެ. އެގޮތުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތުވަނީ ހުޅުވާލާފައެވެ.
މިފިރުސަތު ހުޅުވާލާފައިވަނީ ތިރީގައިވާ ޔުނިވާސިޓީތަކުން ކިޔެވުމަށް
- އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ
- ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިޔާ
- އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް
- ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމް
މެލޭޝިޔާ އާއި ބުރުނާއީން ޑިގްރީގެ 2 ފުރުސަތު، މާސްޓަރސްގެ 6 ފުރުސަތު އަދި ޕީއެޗްޑީ 9 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މެލޭޝިއާ އާއި ބުރުނާއީގައި ކިޔަވަން ސްކޮލާޝިޕް ދެވޭ ދާއިރާތައް
- ބެޗެލާސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް - 2 ފުރުސަތު
- މާސްޓާ އޮފް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް އަދި މާސްޓާސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް – 2 ފުރުސަތު
- މާސްޓާ އޮފް އެޑިޔުކޭޝަން އިން ޓީޗިން އޮފް އިސްލާމިކް އެޑިއުކޭޝަން - 1 ފުރުސަތު
- މާސްޓާ އޮފް ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް - 1 ފުރުސަތު
- މާސްޓާ އޮފް އިސްލާމިކް ސައިންސް - 1 ފުރުސަތު
- ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޝަރީޢާ އެންޑް ޖުޑިޝަރީ – 1 ފުރުސަތު
- ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް – 1 ފުރުސަތު
- ޑޮކްޓަރ އޮފް ފިލޯސޮފީ ދައުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް – 1 ފުރުސަތު
- ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – 1 ފުރުސަތު
- ޑޮކްޓަރ އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް – 2 ފުރުސަތު
- ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ – 2 ފުރުސަތު
މާސްޓާސް:
އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު
ޕީއެޗްޑީ:
އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު
ސްކޮލާޝިޕްގެ ފުރުސަތު ތެރޭގައި ހިމެނޭ ޚާއްސަ ސްކޮލާޝިޕްގެ 13 ފުރުސަތު ހުޅުވާލާފައިވަނީ ސާކްގެ ގައުމުތަކުގެ އިތުރުން މިސްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީ އާއި ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވާސިޓީއާއި، ގަސީމް ޔުނިވާސިޓީ، އުއްމުލްޤުރާ ޔުނިވާސިޓީ، އަބްހާ ޔުނިވާސިޓީ، ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީންނެވެ.
މީގެއިތުރުން ޔޫރޮލޮޖީ، ޔޫރޮލޮޖިކަލް ސާޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ މިއިން ކޮންމެ ދާއިރާއަކުން ސުޕާ ސްޕެޝަލިސްޓަކަށްވުމަށް އެއް ފުރުސަތުވަނީ ހުޅުވާލާފައެވެ.
އަދި ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތައުލީމު ހާސިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.