logo

ޒަކާތު ފަންޑުގެ އެހީގައި މާސްޓާސް އާއި ޕީއެޗްޑީއަށް ކިޔަވަން ހުޅުވާލަނީ

ފާތިމަތު މިޝްކާ

13 އޭޕްރީލު 2025 - 05:11
ޒަކާތު ފަންޑުގެ އެހީގައި މާސްޓާސް އާއި ޕީއެޗްޑީއަށް ކިޔަވަން ހުޅުވާލަނީ

ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

SHARE

ޒަކާތު ފަންޑުގެ ސްކޮލާޝިޕް މިހަފްތާތެރޭގައި އިއުލާންކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރުކަން ޝަހީމް ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި 34 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއަހަރަކީ ފިތުރު ޒަކާތުގެ ގޮތުގައިވެސް އެންމެ ގިނަ ފައިސާ ލިބުނު އަހަރެވެ. އަދި ހަމަހަމަ ގޮތެއްގައި ރާއްޖޭގެ ފަގީރުންގެ މެދުގައި ފިތުރު ޒަކާތް ފުރަތަމަ ފަހަރަށް ބެހީ ވެސް މިއަހަރުއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ޒަކާތު ފަންޑުގެ ސްކޮލާޝިޕް އަންނަ ހަފްތާތެރޭގައި އިއުލާންކުރާއިރު އިސްލާމީ އިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓާސްއާއި ޕީއެޗްޑީގެ ގިނަ ފުރުސަތު ހުޅުވައިލެވޭނެކަމަށެވެ. އަދި މިސްރާއި ސައުދީ ފަދަ ގައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ މާލީ އެހީވެސް ސްކޮލާޝިޕާއެކު އިއުލާންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މީގެއިތުރުން މެޑިސިންގެ ދާއިރާއިން ސުޕަރ ސްޕެޝަލިސްޓުން ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދޭން ވަނީ ނިންމާފައެވެ. އެގޮތުން ޒަކާތު ފަންޑުގެ ފީ ސަބީލިﷲ ބައިން މި ފުރުސަތުތަކަށް އެހީދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަސްރެއްކަމަށެވެ. މީގެއިތުރުން ކީރިތި ގުރުއާނުގެ އިލްމު ފެތުރުމާއި ހާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށްވެސް ޒަކާތު ފަންޑުން ޚަރަދު ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކާތު ފަންޑުންދަނީ ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ހޭދަކުރަމުންނެވެ.

/
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/