ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މަރްޔަމް މާޙީ

SHARE
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފިހުން ހުޅުވާލައިފިއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މައްސަލައެއް ބަލައި އޭނާ މަގާމުން ވަކިކުރުމަށް ނިންމާފައިވަނިކޮށް މިދިޔަ މަހުގެ 15 ވަނަ ދުވަހު އޭނާ ވަނީ އިސްތިއުފާ ދެއްފައިފައެވެ. ސިއްރުކޮށްގެން ކޮމިޓީން މައްސަލަ ކުރިއަަަށް ގެންގޮސްފައިވަނީ އެ މައްސަލައިގެ ބާވަތުން ކަމަށް ވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުގައި ކޮމިޓީން ބަލަމުންދިޔައީ ޖިންސީ ފުރައްސާރައާ ގުޅުންހުރި މައްސަލައެކެވެ.
އެހެންކަމުން ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ ބްރޯޑްކޮމްގެ މެންބަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރާނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ މުހައްމަދު މުއިއްޒު ފޮނުވާ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރުމުންނެވެ.
.png&w=3840&q=75)
މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.