logo

އަމާޒަކީ ސުލްހަވެރިކަމާއި ހަމަހަމަކަން ގާއިމްކުރުމަށް ކުޅިވަރު ވަރުގަދަ ވަސީލަތަކަށް ހެދުން: ރައީސް

މަރްޔަމް މާޙީ

މަރްޔަމް މާޙީ

6 އޭޕްރީލު 2025 - 08:15
އަމާޒަކީ ސުލްހަވެރިކަމާއި ހަމަހަމަކަން ގާއިމްކުރުމަށް ކުޅިވަރު ވަރުގަދަ ވަސީލަތަކަށް ހެދުން: ރައީސް

SHARE

ސަރުކާރުގެ އަމާޒަކީ ސުލްހަވެރިކަމާއި ހަމަހަމަކަން ގާއިމްކުރުމަށް ކުޅިވަރު ވަރުގަދަ ވަސީލަތަކަށް ހެދުންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ރައީސް މިހެން ވިދާޅުވީ ތަރައްގީ އާއި ސުލްހަ ގާއިމުކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން 20 އަހަރުގެ ނޭޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލައިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގިނަ ފުރުސަތުތަކެއް ހުޅުވާލަައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދެވޭނެކަމަށެވެ.

ކުޅިވަރުތައް ކުޅުމަށް ހަމަހަމަ ކަމާއެކު ފުރުސަތު ފަހިކޮށްދީގެން، އިޖުތިމާއީ ފޭރާން ވެސް ރަނގަޅުކުރެވޭނޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި އެއްބައިވަންތަކަމާއި ބާރުވެރިކުރުމާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމުގެ ގާބިލުކަން ކުޅިވަރަށް ލިބިފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ "ލެވެލިންގ ދަ ޕްލެއިންގ ފީލްޑް: ސްޕޯޓް ފޯ ސޯޝަލް އިންކްލޫޝަން" އެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/