logo

ސްކޫލުތަކުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

7 އޭޕްރީލު 2025 - 05:33
ސްކޫލުތަކުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި

ބެލެނިވެރިއަކު ދަރިވަރު ގޮވައިގެން ސްކޫލަށް ދަނީ… ފޮޓޯ: ނުކުތާ

SHARE

ބޮޑު ޗުއްޓީއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ފަށައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ 217 ސްކޫލެއްގައި ޕްރީސްކޫލް އިން ފަށައިގެން ގްރޭޑް 12އާ ހަމައަށް 90،000 އެއްހާ ދަރިވަރުން މިއަހަރު ތައުލީމް ހާސިލްކުރާ ކަމަށެވެ.

މީގެ އިތުރުން 5000 އެއްހާ ދަރިވަރުން މިއަހަރު އަލަށް ގްރޭޑް އެކަކަށް ވައްދައިފައިވާކަން ފާހަގަކުރައްވައި މިނިސްޓްރީން ބުނީ އޭގެ ތެރެއިން 2000 އެއްހާ ދަރިވަރުންނަކީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް އަލަށް ވައްދައިފައިވާ ކުދިން ކަމަށެވެ.

ގިނަ ބަދަލުތަކަކަށްފަހު އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގރ ޗުއްޓީއަށް ދަރިވަރުން ދާނީ ޖުލައި 24ގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓު ދިހައެއްގައެވެ.

މި ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ފަށާނީ ޑިސެމްބަރު 28 ގައެވެ. 2026 ވަނަ އަހަރުގެ ޖެނުއަރީ 27 އަކީ އަންނަ އހަަރުގެ ކިޔެވުން ފެށުމަށް އެކަޑަމިކް ކަލަންޑަރުގައި ކަނޑައަޅައިފައިވާ ދުވަހެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މިދިޔަ އަހަރުގެ ކިޔެވުން ނިންމުމަށް ފަހު ދަރިވަރުންނާއި މުދައްރިސުން ބޮޑު ޗުއްޓީ އަށް ދިޔައީ ފެބްރުއަރީ 27 ގައެވެ. ރޯދަ އާއި އީދު ބަންދާއެކު ބޮޑު ޗުއްޓީއަށް 38 ދުވަސް ބަންދުކޮށް ދަރިވަރުންނަށް ލިބިފައިވެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/