logo

ރައީސްގެ ޕޯލް: ގިނަ ބަޔަކު ބޭނުންވީ ދެހާހުން ހަގުގެ ޖީލަށް ދުންފަތް މަނާކުރަން

ފާތިމަތު މިޝްކާ

8 އޭޕްރީލު 2025 - 16:45
ރައީސްގެ ޕޯލް: ގިނަ ބަޔަކު ބޭނުންވީ ދެހާހުން ހަގުގެ ޖީލަށް ދުންފަތް މަނާކުރަން

SHARE

ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދެވި ސޯޝަލް މީޑިއާގެ ޕޯލުން ދައްކައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ސޯޝަލް މީޑިއާގައި އެ ޕޯލް އެމަނިކުފާނު ހުޅުވާލެއްވީ "ރައްޔިތުންނާ އެކު" ގެ ނަމުގައި ރައީސް އޮފީހުން ފަށާފައިވާ ޕޮޑްކާސްޓްގެ ޕްރޮގްރާމެއްގައި އެކަމުގައި އެމަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތުގެ ކުޑަވަރެއްގެ ތަފްސީލެއް ދެއްވުމަށްފަހުއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓުވިޓާ އާއި އިންސްޓަގްރާމް އަދި ފޭސްބުކްގައި އާއްމުންގެ ޚިޔާލަށް އެ މަނިކުފާނު ހުޅުވާލެއްވީ ވޯޓު ދެއްވުމަށް ތިން އޮޕްޝަނެއް ހިމެނުއްވުމަށްފަހުއެވެ. އެ އޮޕްޝަންތަކަކީ:

ޖެނުއަރީ 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަން ވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން

ޖެނުއަރީ 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ޖެނުއަރީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުން

އެ ޕޯލްގެ މުއްދަތު މިއަދު ހަމަވިއިރު އެންމެ ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުމަށެވެ.

އެމަނިކުފާނު އެކްސްގައި ކުރިއަށް ގެންދެވި ޕޯލަށް 5،501 މީހުން ވޯޓުލިއެވެ. އޭގެތެރެއިން 51.1 ޕަސެންޓު މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ.

އެކްސްގައި ކުރިއަށް ގެންދެވި ޕޯލަށް ވޯޓުދިން މީހުންގެ ތެރެއިން ދެ ވަނަ އަށް އެންމެ ގިނަ މީހުން ބޭނުންވީ 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް އެ ބާވަތްތައް މަނާކުރާށެވެ. އެއީ 40.8 ޕަސެންޓު މީހުންނެވެ. ތިން ވަނަ އޮޕްޝަން ކަމަށްވާ 2014 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ފެންނަ ކަމަށް ވޯޓު ދިނީ 8.2 ޕަސެންޓް މީހުންނެވެ.

/

ފޭސްބުކްގައި ރައީސް ކުރިއަށް ގެންދެވި ޕޯލްގެ ނަތީޖާއަށް ބަލާއިރު، ވޯޓުލީ މީހުންގެ 72 ޕަސެންޓު މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ. އެ ޕޯލުން ވެސް ދެވަނަ ލިބުނީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ފެނޭތޯ ހުޅުވާލި އޮޕްޝަނަށެވެ. އެ ޕޯލްއަށް ވޯޓްދިން ހަތަރު ޕަސެންޓު މީހުން ތާއީދުކުރީ 2004 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ.

އިންސްޓަގްރާމްގެ ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން 45 ޕަސެންޓު މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ. އެ ޕޯލަށް ވޯޓް ދިން 43 ޕަސެންޓު މީހުން ބޭނުންވީ 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުމަށެވެ. 2004 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ބޭނުންވީ އެ ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން 13 ޕަސެންޓު މީހުންނެވެ.

ދުންފަތުގެ ބާވަތްތައް ކޮންޓްރޯލް ކުރުމުގައި ޖެނެރޭޝަން ބޭން އެއް ގެނައުމާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް ކެބިނެޓަށް ހުށަހަޅުއްވައިދެއްވުމަށް ރައީސް މުއިއްޒު ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމަށް އަންގަވާފައެވެ.

އެ ކަރުސް އެކުލަވާލެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިސްޓަރު ނާޒިމް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން މިއަދު ވަނީ ޑަބްލިއުއެޗްއޯ އާއި ޔުނިސެފާއެކު މިއަދު މަޝްވަރާކޮށްފައެވެ.

ރައީސް މުއިއްޒު ވަނީ ސިނގިރޭޓްގެ ވިޔަފާރިކުރާ ފަރާތްތަކުން ވެސް އެކަން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/