އެމްއެންޑީއެފުން ފެން ހިންދަން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަނީ

މަރްޔަމް މާޙީ
9 އޭޕްރީލު 2025 - 08:27
.jpeg&w=3840&q=75)
SHARE
ފެން ހިންދައި ވެލި ބަސްތާތައް ޖަހަން އެމްއެންޑީއެފުން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފެން ހިންދުމަށް މާލޭގެ ތިން ސަރަހައްދެއްގައި 11 ޕަންޕު ބަހައްޓައިގެން ސިފައިން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އަދި މާލެއަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށެވެ.
"މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުން. މިގޮތުން މިވަގުތު ފެން ހިންދުމަށް ޓަކައި މާލޭގެ ތިން ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުން," އެމްއެންޑީއެފުން ވިދާޅުވިއެވެ.