logo

ތުރުކީން ހަދިޔާކުރަނީ އަސްކަރީ މަނަވަރެއް، މިއީ ބޮޑު ކާމިޔާބީއެއް: ޑިފެންސް މިނިސްޓްރީ

ފާތިމަތު މިޝްކާ

13 އޭޕްރީލު 2025 - 05:34
ތުރުކީން ހަދިޔާކުރަނީ އަސްކަރީ މަނަވަރެއް، މިއީ ބޮޑު ކާމިޔާބީއެއް: ޑިފެންސް މިނިސްޓްރީ

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ކެބިނެޓް ބައްދަލުވުމެއްގައި --- ފޮޓޯ: ރައީސް އޮފީސް

SHARE

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައި ވަނީ އަސްކަރީ މަނަވަރެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މިސައިލް ފޮނުވާ ބޯޓެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމި ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އެ ޚަބަރާ ގުޅިގެން ބައެއް ފަރާތްތަކުން ތުހުމަތުތަކެއް ކުރަމުން ދަނިކޮށް ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މަނަވަރު ދިވެހި ސިފައިންގެ ޚިދުމަތަށް ތައާރަފު ކުރަނީ، އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން ދަމަހައްޓައި، މެންބަރު ގައުމެއްގެ ހައިސިއްޔަތުން އޮތް ދައުރު އަދާކުރުމުގައި ޒިންމާދާރު ބަޔަކަށްވުމަށް ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން، ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލްކަން ހުރި ބަޔަކަށް ސިފައިން ހެދުމާއި، ކޯސްޓްގާޑުގެ ގާބިލްކަން ދެގުނަ ކުރުމަކީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަނޑުދަނޑިއެއް ކަމަށެވެ.

މިއީ ރަހުމަތްތެރި ގައުމަތަކާ ގުޅުންބަދަހި ކުރުމުގެ ނަތީޖާކަން ފާހަގަކުރައްވައި އެ މިނިސްޓްރީން ބުނީ އެ އުޅަނދު ރާއްޖެ ގެނެސް، އޮޕަރޭޓު ކުރަން ތައްޔާރުވުމުގެ ގޮތުން، ތުރުކީވިލާތުގައި ދިވެހި ސިފައިން ތަމްރީނުވަމުންދާ ކަމަށެވެ.

ސިފައިންގެ ޚިދުމަތަށް އިތުރު ކުރެވޭ މި ގާބިލް ކަމަކީ، ގާނޫނު އަސާސީއާއި ސިފައިންގެ ގާނޫނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން ގެންދަވަނީ ތުރުކީއާ ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ވެސް އެ ގައުމަށެވެ. ތުރުކީގައި ދިވެހި އެމްބަސީއެއް ވެސް މިހާރު ވަނީ ގާއިމްކޮށްފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/