އެޓްމޯސްފިއާ ރިސޯޓް ފަޅުތެރެއިން ފެނުނު ކިނބޫ ސިފައިން އަތުލައިގެންފި
މިރާޝް މޫސާ
18 އޭޕްރީލު 2025 - 15:36

އެޓްމޯސްފިއާ ރިސޯޓް ފަޅުތެރެއިން ފެނުނު ކިނބޫ
SHARE
ކ. އަތޮޅު އަތޮޅުގައި ހިންގާ ރިސޯޓެއް ކަމަށްވާ ވަރު ބައި އެޓްމޮސްފިޔާ ރިސޯޓުގެ ފަޅުތެރެއިން ފެނުނު ކިނބޫ ސިފައިން ހިފައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޓްމޯސްފިއާ ރިސޯޓް ފަޅުތެރެއިން ފެނުނު ކިނބޫ މިހާރު އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
"ސިފައިން ކުރި މަސައްކަތުން އެ ކިނބޫ ވަނީ ހިފިފައި. މިހާރު އެ ކިނބޫ އޮތީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި،" އޮފިޝަލް ވިދާޅުވިއެވެ.
އެ ރިސޯޓްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަހާފައިވާ ބޮޑު ހިލަތަކުގެ ތެރޭގައި އެ ކިނބޫ ހަރަކާތްތެރިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯއިން ފެންނަގޮތުގައި އެއީ ގާތްގަނޑަކަށް ފަސް ފޫޓް ނުވަތަ ހަފޫޓުގެ ކިނބުލެކެވެ.
.png&w=3840&q=75)