
އެޓްމޯސްފިއާ ރިސޯޓް ފަޅުތެރެއިން ފެނުނު ކިނބޫ
SHARE
ކ. އަތޮޅު އަތޮޅުގައި ހިންގާ ރިސޯޓެއް ކަމަށްވާ ވަރު ބައި އެޓްމޮސްފިޔާ ރިސޯޓުގެ ފަޅުތެރެއިން ކިނބުލެއް ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޓްމޯސްފިއާ ރިސޯޓް ފަޅުތެރެއިން ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"އަދި ކިނބޫ ހިފިފައެއް ނުވޭ. އެ މަސައްކަތް ސިފައިން ކުރަމުން ދަނީ،" އޮފިޝަލް ވިދާޅުވިއެވެ.
އެ ރިސޯޓްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަހާފައިވާ ބޮޑު ހިލަތަކުގެ ތެރޭގައި އެ ކިނބޫ ހަރަކާތްތެރިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯއިން ފެންނަގޮތުގައި އެއީ ގާތްގަނޑަކަށް ފަސް ފޫޓް ނުވަތަ ހަފޫޓުގެ ކިނބުލެކެވެ.
.png&w=3840&q=75)