logo

ގޭސް ގަތުމުގެ މަސައްކަތް އެސްޓީއޯގެ ދަށަށް ބަދަލުކުރަނީ

ފާތިމަތު މިޝްކާ

9 އޭޕްރީލު 2025 - 16:09
ގޭސް ގަތުމުގެ މަސައްކަތް އެސްޓީއޯގެ ދަށަށް ބަދަލުކުރަނީ

އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހީމް

SHARE

ގޭސްގަތުމުގެ ހުރިހާ ބާރެއް މޯލްޑިވް ގޭސް އަތުން ނަގައި، އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މޯލްޑިވްސް ގޭސްއަކީ އެސްޓީއޯ އާއި ޗަމްޕާ ގޭސް އެންޑް އޮއިލް ކޮމްޕެނީގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ.

ގޭސް ގަތުމުގެ ބާރުތައް އެސްޓީއޯއިން ނަގަން ނިންމީ ރާއްޖެއަށް 1000 މެޓްރިކް ޓަނުގެ ގޭސް ޝިޕްމެންޓެއް ގެނައުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ދަނޑިވަޅެއްގައެވެ. އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ދިނީ 260،000 ޑޮލަރެވެ. ނަމަވެސް އެ ކުންފުނިން ރާއްޖެއަށް ގޭސް ފޮނުވާފައެއްނުވެއެވެ. އަދި އެ ފައިސާ ވެސް އަނބުރާ ދީފައެއްނުވެ އެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެސްޓީއޯ އިން އެ ބަދަލު ގެންނަން ނިންމީ ގޭސް ގަތުމުގައި މޯލްޑިވް ގޭސް އިން ބޮޑު އިހުމާލެއް ވެފައިވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ މޯލްޑިވް ގޭސްގެ އިސްވެރިންގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ނާޒިމް ވިދާޅުވިގޮތުގައި އެ މައްސަލަ ދިމާވީ ގޭސް ގަންނަމުން އައި ކުންފުނި ކުއްލިގޮތަކަށް ބަދަލުކުރުމުންނެވެ. އަދި އެ ކުންފުނި ބަދަލުކުރި ސަބަބު މޯލްޑިވް ގޭހަށް ސާފުކޮށްނުދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މައްސަލަ ހައްލުކުރަން މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ފުރުސަތު ދީފައި ވަނީ. އެކަމަކު މިހާތަނަށް އައިއިރުވެސް އެ ފައިސާ ރިކަވާ ކުރެވިފައެއްނުވޭ،" ނާޒިމް ވިދާޅުވިއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/