logo

މަދަނީ އަބްދުﷲގެ މައްސަލަ ބަލައި ނިމެންދެން ގޭސްގަތުން އެސްޓީއޯގެ ދަށަށް!

ފާތިމަތު މިޝްކާ

13 އޭޕްރީލު 2025 - 17:31
މަދަނީ އަބްދުﷲގެ މައްސަލަ ބަލައި ނިމެންދެން ގޭސްގަތުން އެސްޓީއޯގެ ދަށަށް!

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު މަދަނީ އަބްދުﷲ އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް 

SHARE

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ)ގެ މައްސަލައެއް ބަލަން އެ ކުންފުނީގެ ބެލެނިވެރިޔާ، އެސްޓީއޯ އިން ނިންމައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މޯލްޑިވްސް ގޭސްއަކީ އެސްޓީއޯ އާއި ޗަމްޕާ ގޭސް އެންޑް އޮއިލް ކޮމްޕެނީގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ.

އެސްޓީއޯގެ އޮފިޝަލަކު "ނުކުތާ"އަށް ވިދާޅުވީ މަދަނީ އަބްދުﷲގެ މައްސަލައެއް ބަލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި މައްސަލަ ބަލައި ނިމެންދެން ގޭސް ގަތުމުގެ ހުރިހާ ކަމެއް އެސްޓީއޯ އިން ކުރިއަށްގެންދިޔުމަށް ވެސް ބޯޑުން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖެއަށް 1000 މެޓްރިކް ޓަނުގެ ގޭސް ޝިޕްމެންޓެއް ގެނައުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ދާދިފަހުން ސަމާލުކަމަށް ގެނައެވެ. އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ދިނީ 260،000 ޑޮލަރެވެ. ނަމަވެސް އެ ކުންފުނިން ރާއްޖެއަށް ގޭސް ފޮނުވާފައެއްނުވެއެވެ. އަދި އެ ފައިސާ ވެސް އަނބުރާ ދީފައެއްނުވެއެވެ.

ގޭސް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށް ވިދާޅުވެ ކުރެވޭ ތުހުމަތުތަކުން މަދަނީ އަބްދުﷲ ދާދިފަހުން ވަނީ ބަރީއަވެފައެވެ. އެކަމަކު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/